އެސްޓީއޯއިން ފާމަސީ ކިޔަވަން ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފި

އެސްޓީއޯގެ ފަރާތުން ފާމަސިސްޓުން ތަމްރީން ކުރުމަށް ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެސްޓީއޯއިން މިއަދު ވަނީ ފާމަސިސްޓުން ތަމްރީން ކުރުމަށް ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލައިފިވާ ކަމަށް ބުނެ ޓްވީޓް ކޮށްފައެވެ.

އެސްޓީއޯއިން ދޭ މި ސްކޯލާޝިޕްއަކީ ސްޓްފިކްޓް ލެވެލް 4 ގެ އެއް އަހަރު ދުވަހަށް ހިންގާ ކޯހަކަށް ދޭ ސްކޯލާޝިޕެކެވެ. މި ސްކޮލަޝިޕަށް ހޮވޭ ދަރިވަރުންނަށް އެސްޓީއޯގެ ފަރާތުން ކޯސް ފީގެ އިތުރުން ލިވިން އެލަވަންސް ވެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީން ހިންގާ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލެވެލް 4 ގެ މި ކޯހަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ 4 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފަ އެވެ.

މި ކޯސް ފުރިހަމަ ކުރާ ދަރިވަރުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އެކި ރަށްރަށުގެ ފާމަސީތަކުގަ އެވެ. އެ ރަށްތަކުގެ ތެރޭގައި އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ ނޫން ހުރިހާ އަތޮޅެއްގެ ރަށްތަކުގައި ގާއިމްކޮށްފައިވާ އެސްޓީއޯ ފާމަސީ ހިމެނެ އެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ