ވޯލްޑް ޓްރެވަލް އެވޯޑް 2020 އަށް ފުރަތަމަ ފަހަރަށް މޯލްޑިވިއަން ނޮމިނޭޓް ވެއްޖެއެވެ.
މޯލްޑިވިއަން އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ، ވޯލްޑް ޓްރެވަލް އެވޯޑް 2020 އަށް ޖުމްލަ ފަސް ކެޓަގަރީއަށް ނޮމިނޭޓް ވެފައި ވާކަމަށެވެ.
މޯލްޑިވިއަން ނޮމިނޭޓްވެފައިވާ ކެޓަގަރީ ތަކަކީ:
- އިންޑިއަން އޯޝަންގެ ލީޑިންގް އެއާ ލައިން 2020
- އިންޑިއަން އޯޝަންގެ ލީޑިންގް އެއާ ލައިން – ބިޒްނަސް ކްލާސް 2020
- އިންޑިއަން އޯޝަންގެ ލީޑިންގް އެއާ ލައިން – އިކޮނޮމީ ކްލާސް 2020
- އިންޑިއަން އޯޝަންގެ ލީޑިންގް އެއާ ލައިން ބްރޭންޑް 2020
- އިންޑިއަން އޯޝަންގެ ލީޑިންގް ކެބިން ކްރޫ 2020
މި އެވޯޑަކީ ވޯޓު ލައިގެން އެންމެ މަތިން ވޯޓް ލިބޭ ކުންފުންޔަކަށް ލިބިގެންދާނެ އެވޯޑެކެވެ. އިންޑިއަން އޯޝަން ރީޖަން އަށް ވޯޓުލުން ހުޅުވާލެވިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި ވޯޓްލުން ބަންދު ވާނީ އަންނަ އޯގަސްޓް މަހުގެ 22 ވަނަ ދުވަހު އެވެ.
މިއަހަރު ބޭއްވިގެން މިދަނީ 27 ވަނަ ވޯލްޑް ޓްރެވަލް އެވޯޑެވެ.