އިންޑިގޯ އެއާލައިންގެ 10 އިންސައްތަ މުވައްޒަފުން ވަކިކުރަނީ

އިންޑިއާގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ އިންޑިގޯއިން 10 އިންސައްތަ މުވައްޒަފުން ވަޒީފާއިން ވަކި ކުރާނެކަން އިއުލާންކޮށްފި އެވެ.

އިންޑިގޯގެ ސީއީއޯ ރޮންޖޯއި ދައްތާ ވިދާޅުވި ގޮތުގައި މިހާރު އިގުތިސާދީ ހާލަތު އޮތް ގޮތުން، އެ އެއާލައިނަށް ކުރިއަށް ދެވެން އޮތީ ބައެއް ގުރުބާނީތައް ވެގެންނެވެ.

އިންޑިގޯގެ 10 އިންސައްތަ މުވައްޒަފުން ކަނޑާލަން ހަމަޖެހިފައިވާ އިރު އެ އެއާލައިނުގައި 24،000 ވަރަކަށް މުވައްޒަފުން މަސައްކަތް ކުރާ ކަމަށް ރެކޯޑުތަކުން ދައްކަ އެވެ. އެެހެންކަމުން އެ އެއާލައިނުން 2،400 ވަރަކަށް މީހުން ވަޒީފާއިން ކަނޑާލުން އެކަށީގެންވެ އެވެ.

އިންޑިގޯއިން އެ އިއުލާން ކުރީ އެ ކުންފުނީގެ ހަރަދުތަކުން 40 ބިލިއަން ރުޕީސް (533 މިލިއަން ޑޮލަރު) ކަނޑާނެކަން މިދިޔަ މަހު ހާމަ ކުރި ފަހުންނެވެ.

އިންޑިއާއިން ކޮރޯނާވައިރަހާ ގުޅިގެން މިދިޔަ މާޗް މަހު ވައިގެ ދަތުރުތައް މަޑުޖައްސާލާފައި ބޭއްވުމަށް ފަހު މިދިޔަ މެއި މަހު ވަނީ އެތެރޭގެ ދަތުރުތައް ފަށާފަ އެވެ. އަދި ފްރާންސާއި އެމެރިކާ އާއި ޖަރުމަނުގެ ފްލައިޓުތަކަށް އިންޑިއާއަށް ދެވޭ ގޮތަށް އެގައުމުތަކާ އެކު ‘އެޔާ ބަބުލް’ އެއްބަސްވުންތައް މިހާރު ވަނީ ހަދާފަ އެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ