ސުޝާންތުގެ ބަޔޯ ޕިކްއަށް ޓިކްޓޮކް ތަރިއެއް

މިދިޔަ މަހު މަރުވި އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތްގެ ވާހަކަ ކިޔައިދޭ ފިލްމަށް ޓިކްޓޮކް ތަރި ސައްޗިން ތިވާރީ ހަމަޖައްސައިފި ކަމަށް ޕްރޮޑިއުސަރު ވިޖޭ ޝޭކަރް ގުޕްތާ ބުނެފި އެވެ.

ސުޝާންތުގެ ހަޔާތުން އިންސްޕަޔާވެގެން އުފައްދާ މި ފިލްމު ޕްރޮޑިއުސްކުރަނީ ވިޖޭ ޝޭކަރް ގުޕްތާ އެވެ. މި ފިލްމުގެ ސްކްރީންޕްލޭ ލިޔަނީ ރާކޭޝް ކުމާރެވެ. ފިލްމުގެ ފަސްޓްލުކް މިހާރު އާންމުކޮށްފައިވާއިރު މި ފިލްމަށް ދީފައިވާ ނަމަކީ “ސުއިސައިޑް އޯ މާޑާ؟: އަ ސްޓާ ވޯޒް ލޮސްޓް”އެވެ. މި ފިލްމަކީ ސުޝާންތު ބޮލީވުޑަށް އައިސް އޭނާ އަށް ކުރިމަތިލާންޖެހުނު ތަފާތު ކަންތައްތަކުގެ މައްޗަށް ތައްޔާރުކުރާ ފިލްމެކެވެ.

ޓިކްޓޮކް ތަރި ސައްޗިން އަކީ ސުޝާންތު އާއި ވައްތަރުވެގެން ސޯޝަލް މީޑިއާގައި ވަރަށް އާންމުވި ތަރިއެކެވެ. ސައްޗިން އާ އެކު ފިލްމުގެ ޕޯސްޓަރެއް ވެސް މިހާރު ދައްކާލާފައިވާއިރު ގުޕްތާ ބުނީ މި ފިލްމުގެ ޝޫޓިން އަންނަ ސެޕްޓެމްބަރު މަހު ފެށުމަށް ނިންމާފައިވާ ކަމަށާއި ފިލްމު ޝޫޓްކުރާނީ މުމްބާއިގެ އިތުރުން ޕަންޖާބުގައި ކަމަށެވެ. އަދި މި ފިލްމު މި އަހަރު ޑިސެމްބަރު މަހު ސްކްރީންތަކަށް ގެނައުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

އޭނާ ބުނީ މި ފިލްމުގެ ޒަރިއްޔާއިން ބޮލީވުޑްގެ ބޮޑެތި ތަރިންގެ އަސްލު ސިފަ ފެނިގެންދާނެ ކަމަށެވެ. އަދި އެމީހުން ބޭރުން އަންނަ އެކްޓަރުންނާ މެދު ކަންތައް ކުރާ ގޮތް ވެސް ވަރަށް ރަނގަޅަށް މި ފިލްމުން ދައްކުވައިދޭނެ ކަމަށެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ