އަހަރީ ރިޕޯޓުތައް އޯގަސްޓް 16ގެ ކުރިން މީރާއަށް ހުށަހަޅަންޖެހޭ

ކުންފުނިތަކުގެ 2019 ވަނަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓުތައް އަންނަމަހުގެ 16 ވަނަ ދުވަހުގެ ކުރިން މީރާއަށް ހުށަހަޅަންޖެހޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކޮންމެ ކުންފުންޏަކުން، އެކުންފުންޏެއްގެ އަހަރީ ހިސާބުތަކާއި ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުގެ ރިޕޯޓް، ރަޖިސްޓްރާރ އޮފް ކޮމްޕެނީޒްއަށް ހުށަހަޅަންޖެހެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، ކުންފުނިތަކުގެ 2019 ވަނަ އަހަރުގެ އަހަރީ ހިސާބުތަކާއި، ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓަރުގެ ރިޕޯޓް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 16 އޮގަސްޓްގެ ނިޔަލަށް މީރާ މެދުވެރިކޮށްކަމަށެވެ.

ކުންފުނިތަކުގެ އަހަރީ ހިސާބުތަކާއި ރިޕޯޓުތައް ބީޕީޓީ ބަޔާނާއެކު އަބަދުވެސް މީރާއަށް ހުށައަޅަންޖެހެއެވެ.

މާލިއްޔަތު ޤަވާއިދަށް ދާދިފަހުން ގެނައި އިސްލާހާއެކު ކުންފުނިތަކުގެ އަހަރީ ފީއާއި ރަޖިސްޓްރޭޝަން ފީތައްވެސް މިހާރު ބަލައިގަންނާނީ މީރާ މެދުވެރިކޮށެވެ. މާލިއްޔަތު ޤަވައިދަށް ގެނައި އިސްލާހުގައި ޓެކްސްގެ ގޮތުގައި ނުހިމެނޭ ފައިސާގެ ތެރެއިން 73 ބާވަތެއް މީރާ މެދުވެރިކޮށް ބަލައިގަންނަ ގޮތަށް ވަނީ އިސްލާހު ގެނެސްފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ