ރ. ދުވާފަރުގެ މަގުހެދުމުގެ މަސައްކަތުގެ 67 އިންސައްތަ ނިމިއްޖެ

ރ. ދުވާފަރުގެ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫޢުގެ 67 އިންސައްތަ މަސައްކަތް ނިންމާލައިފިއެވެ.

ދުވާފަރުގެ މަގުތައް ހެދުމުގެ މަސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނީ މިމަޝްރޫޢުގެ ތެރެއިން މަގުތަކުގެ އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް މިމަހުގެ 14 ވަނަ ދުވަހު ނިންމާފައިވާކަމަށެވެ. އެގޮތުން އެރަށުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ 12 މަގުގެ 3312.23 މީޓަރު ސަރަހައްދެއްގައި އޭބީސީ ފަށަލަވަނީ އަޅާފައެވެ.

މި މަޝްރޫޢުގެ ދަށުން އެރަށުގެ ހުރިހާ ބޮޑެތި މަގުތަކެއް ހިމެނޭހެން ވެހިކަލް ދުއްވުމަށް 25513 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، ހިނގާމީހުންނަށް ޚާއްސަކޮށްގެން 6813 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމުކުރުމާއި، ސަރވިސް ލައިން ކޭބަލްތަކަށް ޚާއްސަ ޖަންކްޝަން ބޮކްސްތައް ހެދުމާއި، ޓްރެފިކް ނިޝާންތައް ކުރެހުމަށް ވަނީ ހަމަޖެހިފައެވެ.

ރ. ދުވާފަރުގެ މަގުތަކުގައ ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢަށް ބޭނުންވާ އިތުރު ސާމާނުވެސް އެމް.ޓީ.ސީ.ސީން ވަނީ މިދިޔަ މަހުގެ ތެރޭ ފޮނުވާފައެވެ.

ދުވާފަރުގެ ބޮޑެތި ހުރިހާ މަގެއްގައި ތާރުއަޅާ، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ، އެމްޓީސީސީ އާއި ޙަވާލުކޮށްފައި ވަނީ 22 މެއި 2019 ގައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ