ފޮޓޯ/ ޕީއެސްއެމް

ޖޭއެސްސީއަށް އާންމުންގެ ތެރެއިން އުއްމު ކުލްސުމް އައްޔަން ކުރަން ރުހުން ދީފި

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އާންމުންގެ ތެރެއިން އައްޔަންކުރާ މެންބަރެއްގެ ގޮތުގައި އުއްމު ކުލްސުލް ކަނޑައެޅުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިއީ އެއް އަހަރަށްފަހު، އާންމުންގެ ތެރެއިން ހޮވާ މެމްބަރަކަށް މަޖިލީހުން ރުހުން ދިން ފަހަރެެވެ.

ޖޭއެސްސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ޖުލައި 14 ގައި އެންމެ ފުރަތަމަ ހުޅުވާލީ އާންމުގެތެރެއިން ކަނޑައަޅާފައިވާ ކޮމިޝަންގެ މެންބަރު، އަބްދުލް ހަންނާން އަހްމަދުގެ ދައުރު ހަމަވާތީ އެވެ. އެފަހުން އެކި ފަހަރު މަތިން އެ މަގާމަށް މީހުން ހޮވުމަށް ހުޅުވާލިއެވެ. ނަމަވެސް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ މަރުހަލާއިން ނަންތައް ދިރާސާކޮށް، ދެފަހަރު މަތިން ތަޅުމަށް ފޮނުވުމުންވެސް ނަމެއް ފާހެއް ނުވިއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޖޭއެސްސީގެ އާންމުގެ ތެރެެއިން އައްޔަން ކުރާ މެމްބަރެއްގެ ގޮތުގައި އުއްމު ކުލްސުމްއަށް ރުހުން ދިނީ، 67 މެމްބަރުންގެ އިއްތިފާގުންނެވެ.

ހެރިޓޭޖް މިނިސްޓްރީގައި މަސައްކަތް ކުރަމުން އަންނަ އުންމުކުލްސުމް ވަނީ މީގެކުރިން ޔޫތު މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ގާނޫނު އަސާސީ އާއި ޖޭއެސްސީގެ ގާނޫނުގައިވާގޮތުން އެ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކަށް އެ ކޮމިޝަންގައި ހުރެވޭނީ ފަސް އަހަރު ދުވަހުގެ އެއް ދައުރެވެ. އަދި އެ ދައުރު ހަމަވުމުން އެ މީހަކު އަލުން ކޮމިޝަނަށް އައްޔަން ނުކުރެވޭނެ އެވެ.

ޖޭއެސްސީ އެކުލެވިގެންވަނީ 10 މެމްބަރުންގެ މައްޗަށެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ