ފޮޓޯ: ޓްރެވަލް ޓްރޭޑް މޯލްޑިވްސް

މިއަދު ޕޮޒިޓިވްވީ 17 މީހުން

ކޮވިޑް-19 އަށް މިއަދު ރާއްޖެއިން ޕޮޒިޓިވް ވެފައިވަނީ 17 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން މިރޭ އާންމު ކުރި، ތަފާސް ހިސާބުން މިއަދު ޕޮޒިޓިވްވި، 17 މީހުންގެ ތެރެއިން 10 މީހުންނަކީ ދިވެހީންނެވެ. ބާކީ ހަތް މީހުންގެ ތެރެއިން ހަ މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ. އަދި އިންޑިއާ މީހަކުވެސް ވަނީ ވައިރަސް އަށް ޕޮޒިޓިވްވެފައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދަކީ 3،120 އެވެ. އޭގެ ތެރެއިން 2،428 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މިއަދު ކޮވިޑް-19 އަށް 17 މީހުން ޕޮޒިޓިވްވި އިރު އިއްޔެ ވަނީ 68 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެއީ މި ހަފްތާގެ ޕީކްއަށް ވީއިރު އިއްޔެ ވަނީ ރިކޯޑް އަދަދަކަށް ދިވެހީން ޕޮޒިޓިވްވެފައެވެ. އެގޮތުން އިއްޔެ އެކަނިވެސް ވަނީ 59 މީހުން ވައިރަސް އަށް ޕޮޒިޓިވް ވެފައެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިހާތަނަށް 15 މީހަކު ވަނީ މަރުވެފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ