މެދުފަންތީގެ މީހުންނަށް ހުޅުމާލޭގައި ފްލެޓުތަކެއް

މެދުފަންތީގެ މީހުންނަށް އަމާޒުކޮށް، ހުޅުމާލޭގައި ފްލެޓުތަކެއް އިމާރަތްކޮށް، ވިއްކާނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާންކޮށްފި އެވެ.

އެޗްޑީސީން އިއްޔެ ކުރި އިއުލާނުގައި ބުނެފައި ވަނީ “މިކްސްޑް ރެޒިޑެންޝަލް ބިލްޑިންގް” ގެ ގޮތުގައި ހަތަރު އެޕާޓްމަންޓް ބިލްޑިންގް އިމާރާތްކޮށް، ވިއްކާނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. އެ ބިލްޑިންތައް އިމާރާތްކުރާނީ ހުޅުމާލޭ ޕްލެޓިނަމް ބިލްޑިންގް ސަރަހައްދާއި ރެނާޓަސް ފްލެޓުތައް ހުރި ސަރަހައްދުގައެވެ.

އެޗްޑީސީން ބުނެފައި ވަނީ އިމާރާތްކުރަން ނިންމާފައި ވަނީ 14 ބުރީގެ ތިން އިމާރާތާއި 10 ބުރީގެ އިމާރާތެއްް ކަމަށެވެ. ސާދަ ބުރީގެ ތިން އިމާރާތުގެ ބޮޑުމިން ކަމުގައި އިއުލާނުގައި ބުނެފައި ވަނީ 24،098.22 އަކަފޫޓާއި 30،047.97 އަކަފޫޓު އަދި 26،969.06 އަކަފޫޓު އެވެ.

ދިހަ ބުރީގެ އިމާރާތުގެ ބޮޑުމިނަކީ 12،294.10 އަކަފޫޓެވެ.

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން، އަންނަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯޒަލް ހުށަހަޅަންޖެހޭނެ އެވެ.

ދިވެހި ޕާޓީއެއް ނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި 500،000 ރުފިޔާ އަދި ބޭރު ޕާޓީއެއް ނަމަ ބިޑް ސެކިއުރިޓީގެ ގޮތުގައި އެއް ލައްކަ ޑޮލަރު ހުށަހަޅަންޖެހޭނެ ކަމަށް އިއުލާނުގައިވެއެވެ.

އެޗްޑީސީން ބުނީ ޕްރޮޕޯސަލްތަކާ ބެހޭ އިތުރު މައުލޫމާތު ދޭނީ ހަމައެކަނި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ކަމަށެވެ. ރަޖިސްޓަރީ ކުރުމުގެ އެންމެ ފަހު ތާރީހަކީ އޯގަސްޓް މަހުގެ 13 ވަނަ ދުވަހެވެ.

ޕްރޮޕޯސަލް އަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމުގެ އެންމެ ފަހު ތާރީހަކީ އޮގަސްޓް 27 އެވެ. މައުލޫމާތު ސާފުކުރަން އީމެއިލް ކުރަން ޖެހޭނީ sales@hdc.com.mv އަށެވެ.

އެޗްޑީސީން ބުނީ ސާފުކުރަން މީހުން އެދޭ މައުލޫމާތުގެ ޖަވާބުތައް އެ ކޯޕަރޭޝަންގެ ވެބްސައިޓުގައި އާންމުކުރާނެ ކަމަށެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ