އިދިކޮޅުގެ “އެންމެން އެއް އަޑަކުން” މުޒާހަރާ ފަށައިފި

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން އިންތިޒާމުކޮށްގެން “އެންމެން އެއް އަޑަކުން” ނަމުގައި މާލޭގައި މުޒާހަރާ ކުރަމުން އެބަދެއެވެ.

އިދިކޮޅުން މުޒާހަރާ ކުރަމުން އަންނަނީ ޗާންދަނީ މަގު ޖަންކްޝަންގައެވެ. ގާތްގަނޑަކަށް 50 ވަރަކަށް މީހުންނާ އެކު ކުރިއަށްދާ މުޒާހަރާގައި އިދިކޮޅު ލީޑަޝިޕުންވެސް އަންނަނީ ބައިވެރިވަމުންނެވެ.

ނަމަވެސް މިހާރު ފުލުހުންގެ ސަފު ފޫއަޅުވާލުމަށް ފަހު މުޒާހަރާގެ ބައިވެރިން އަންނަނީ މަޖީދީމަގުން ކުރިއަށް ހިނގައިގެންފަ އެވެ. އަދި މުޒާހަރާގެ ތެރެއިން އެކަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މުޒާހަރާގެ ބައިވެރިިން އަޑުއުފުލަމުން އަންނަނީ ބޭރު ގައުމުތަކުގެ ސިފައިން ރާއްޖެއިން ބޭލުމަށާއި، ސަރުކާރުން ވައުދުވި މިނިމަމް ވޭޖު ދިނުމަށެވެ.

މީގެ އިތުރުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތްކުރި 7000 ފްލެޓު ދިނުން ލަސްވުމާ ގުޅިގެން ވެސް މުޒާހަރާގެ ބައިވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަދި އެމްޑީޕީ ސަރުކާރު ފެއިލްވެފައިވާ ކަމަށް ބުނެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްތިއުފާ ދެއްވުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ.

އިދިކޮޅު ކޯލިޝަނުން ވަނީ “ފެއިލްވެއްޖެ” ނަމުގައި ވެސް މުޒާހަރާއެއް ބާއްވަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ސަރުކާރުން ހުއްދަ ނުދިނުމުން އެ މުޒާހަރާ ވަނީ ފަސްކޮށްފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ