ފޮޓޯ: ވަގުތު

އެމްޑީއެން އާއި އުތެމަ ޖަމިއްޔާއަށް ފިޔަވަޅު އެޅުމަށް ގޮވާލައިފި

މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އަދި އުތެމަ ޖަމިއްޔާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް މަދަނީ ޖަމިއްޔާތަކުން އަނެއްކާވެސް ގޮވާލައިފިއެވެ.

މަދަނީ ޖަމިއްޔާތައް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމިއްޔާތައް ތަމްސީލްކުރައްވާ އިއްތިހާދުގެ ރައީސް އިބްރާހިމް މުހައްމަދު ވިދާޅުވީ މަދަނީ ޖަމިއްޔާތަކުން ބައްދަލުވުމެއް ބާއްވަން ޖެހުނީ އިސްލާމްދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ރިޕޯޓު ނެރެފައިވާ އެމްޑީއެންގެ ރިޕޯޓަށް އުތެމަ ނަމަކަށް ކިޔާ ޖަމިއްޔާއަކުން ތާއީދު ކުރުމާއި ގުޅިގެން ކަމަށެވެ. އަދި އެމްޑީއެންގެ ރިޕޯޓުގައިވާ ކަންކަން ރާއްޖޭގައި ތަންފީޒު ކުރުމަށް ބާރު އަޅާފައިވާ ކަމަށް މުހައްމަދު ވިދާޅުވިއެވެ.

“އޭގައި ހުރި ރާއްޖޭގެ ގާނޫނޫތަކާއި ގަވައިދުތަކާ ފުށައަރާ އިސްލާމްދީނުގެ އަސްލުތަކާ ހިލާފުވާ މާއްދާތަކަށް ބާރުދީ އަދި އެކަން ރާއްޖޭގައި ތަންފީޒުކުރުމަށް ބާރުއަޅާ ރިޕޯޓެއްގެ އަޑު އަޅުގަނޑުމެންނަށް އިވިގެން މިދިޔައީ،” އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި އިސްލާމީ ޝަރީއަތްތަކާ އިސްލާމީ ގާނޫނުތަކާ ފުށޫއަރާ ގޮތަށް އެއްވެސް ބަޔަކު އެއްވެސް ނަމެއްގައި އުފުލައިފިއްޔާ ދިވެހިންގެ ވަހުދަތު ގެއްލި ހަލާކުވެގެން ހިނގައިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަންބޮޑުވުން އޮތުމާއެކު އެމްޑީއެން އަދި އުތެމައިގެ މުވައްސިސުންނަށް ގާނޫނީ ފިޔަވަޅު އަޅުއްވައި ދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށް މުހައްމަދު ވިދާޅުވިއެވެ.

މަދަނީ ޖަމިއްޔާތަކުން އަނެއްކާވެސް އެމްޑީއެން އަދި އުތެމަ ޖަމިއްޔާއާ ދެކޮޅަށް ފިޔަވަޅު އަޅަން ގޮވާލިއިރު ދާދިފަހުން 30 ޖަމިއްޔާއަކުން ވަނީ އުތެމަ ޖަމިއްޔާއާ ދެކޮޅަށް ބަޔާނެއް ނެރެފައެވެ.

އުތެމަ ޖަމިއްޔާގެ މިރިޕޯޓަކީ 22 ޖޫން އިން 10 ޖުލައި 2020 އަށް ޖެނިވާގައި އޮންނަ ސީޑޯ ކޮމިޓީ ގެ 76 ވަނަ ބައްދަލުވުމަށް އުތެމަ އިން ހުށަހަޅާ ރިޕޯޓެކެވެ. އަންހެނުންނާއި މެދު ކުރެވޭ އެންމެހާ ތަފާތު ކުރުންތައް ނައްތާލުމުގެ ނަމުގައި އުތެމާ ޖަމިއްޔާ އިން ނެރުނު ރިޕޯޓްގައި ވަނީ މައްސަލަ ހޫނުވި އެމްޑީއެންގެ ރިޕޯޓް ދިފާޢު ވެސް ކޮށްފައެވެ. އުތެމާ އިން ވަނީ އެމްޑީއެން ރިޕޯޓްގައި ހިމަނާފައި ހުރި ކަންކަން ތަންފީޒު ކުރުމަށް ގޮވާލާފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ