އޮސްޓްރޭލިއާއިން ރާއްޖެއަށް 12،000 ޕީޕީއީ ހަދިޔާކޮށްފި

ކޮވިޑް-19އާ ދެކޮޅަށް އިސް ސަފުގައި މަސައްކަތް ކުރާ ހިދުމަތްތެރިންނަށް ބޭނުންވާ 12،000 ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) އޮސްޓްރޭލިއާއިން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

މިއީ އެމްއެންޑީއެފްއިން ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތުގައި ބޭނުންކުރަން ހަދިޔާކުރި ޕީޕީއީ ތަކެކެވެ.

ސްރީލަންކާގައި ހުންނަ އޮސްޓްރޭލިއާގެ ހައި ކޮމިޝަންގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެތަކެތި ހަވާލުކޮށްދެއްވީ އޮސްޓްރޭލިއާއިން ރާއްޖެ އަދި ލަންކާއަށް ކަނޑައަޅާފައިވާ ސަފީރު ޑޭވިޑް ހޮލީ އެވެ. އަދި އެ ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ރާއްޖެއން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އުމަރު އަބްދުއް ރައްޒާގު އަދި ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަންކަމަށް ކަނޑައަޅާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރު ލެފްޓިނެންޓް ކާނަލް އިސްމާއިލް ނަސީރެވެ.

އޮސްޓްރޭލިއާއިން ހަދިޔާކުރި ތަކެތީގެ ތެރޭގައި 200،000 ގްލޯވްވެސް ހިމެނެއެވެ. އެތަކެތީގެ އަގު 120،000 ޑޮލަރަށް އަރާނެކަމަށް އޮސްޓްރޭލިއާގެ އެމްބަސީން ބުންޏެވެ. އެ ހުރިހާ ތަކެއްޗެއްވެސް އުފައްދައިފައިވަނީ ލަންކާގައި ހުންނަ އޮސްޓްރޭލިއާގެ ކުންފުނި އަންސެލް ކުންފިނިންނެވެ.

މިއަދުގެ ރަސްމިއްޔާތުގައި އޮސްޓްރޭލިއާގެ ސަފީރު ހޮލީ ވިދާޅުވީ ރާއްޖެއިން ކޮވިޑްއާ ދެކޮޅަށް ކުރާ މަސައްކަތުގައި އޮސްޓްރޭލިއާއިން އެއްބާރުލުން ދީ ރާއްޖެއާއެކު އޮންނާނެ ކަމަށެވެ.

މީގެ ކުރިން އެމެރިކާއިންވެސް ވަނީ 150،000 ޑޮލަރުގެ ޕީޕީއީ ރާއްޖެއަށް ހަދިޔާކޮށްފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ