Head of the Robert Koch Institute, Lothar Wieler attends a news conference to update on coronavirus spread, in Berlin, Germany, March 9, 2020. REUTERS/Fabrizio Bensch

ކޮވިޑްގެ ކޭސްތައް ޖަރުމަނުގާ އިތުރުވާތީ ލޮތާ ވެއިލާ ކަންބޮޑުވުން ފާޅުކުރައްވައިފި

ބީބީސީ: ޖަރުމަނުވިލާތުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާތީ އެ ގައުމުގެ ޕަބްލިކް ހެލްތު އޭޖެންސީގެ ވެރިޔާ ލޮތާ ވެއިލާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އޭނާ އެފަދައިން ވިދާޅުވި އިރު މިދިޔަ ހަފްތާގައި އެގައުމުގައި ކޮވިޑްގެ 3661 އާ ކޭސް ފެނިފައިވެ އެވެ.

ލޮތާ ވިދާޅުވީ ޖަރުމަނުގެ ރައްޔިތުން މިހާރު އެހާބޮޑަށް ރައްކާތެރިވެގެން ނޫޅޭ ކަމަށެެވެ. އެހެންކަމުން މާސްކު އަޅައި އިޖުތިމާއީ ގައިދުރުކަމުގެ އުސޫލުތަކުގައި ހިފަހައްޓަން އޭނާ ވަނީ އިލްތިމާސްކުރައްވައިފަ އެވެ.

ކޭސްތައް އިތުރުވަމުންދާއިރު ޖަރުމަނުގެ ރައްޔިތުން ޗުއްޓީއަށް ދުނިޔޭގެ އެކި ހިސާބުތަކަށް ދަތުރުކުރަމުންދާލެއް އިތުރުވަމުންދާތީ ބަލި ކޮންޓްރޯލް ކުރުމުގައި ދަނީ ގޮންޖެހުންތަކާ ކުރިމަތިވަމުންނެވެ.

ސްޕެއިންގެ ތިން ސަރަހައްދަށް ދަތުރުކުރާ މީހުންނަށް “ޓްރެވަލް ވޯނިން” އެއްވެސް އިިއްޔެ އެގައުމުން ވަނީ ނެރެފަ އެވެ.

ހައި ރިސްކު ގައުމުތަކަށް ދަތުރުކުރުމަށް ފަހު ގައުމަށް އެނބުރި އެތެރެވާ ރައްޔިތުން ކޮވިޑަށް ޓެސްޓްކުރަން މިހާރު ޖަރުމަނުން ވަނީ ފަށައިފަ އެވެ. އެގައުމުތަކުގެ ތެރޭގައި ބްރެޒިލް، ތުރުކީ އަދި އެމެރިކާ ހިމެނެ އެވެ.

ޖަރުމަނުގައި މިހާތަނަށް 206،242 ކޮވިޑް ކޭސް ފެނިފައިވާއިރު ބަލީގައި 9122 މީހުން ވަނީ މަރުވެފަ އެވެ. ނަމަވެސް ޖަރުމަނުން ދުރާލައި އެޅި ފިޔަވަޅުތަކާ އެކު އެގައުމުގައި މަރުވި މީހުންގެ އަދަދު ޔޫރަޕްގެ އެހެން ގައުމުތަކާ އަޅާ ބަލާއިރު މަދެވެެ.

ޖަރުމަނުގައި މިދިޔަ ހޯމަ ދުވަހު 340 މީހުންނަށް ކޮވިޑް ޖެހުނުއިރު އަންގާރަ ދުވަހު ވަނީ 633 މީހުންނަށް ބަލި ޖެހިފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ