ކޮވިޑް ކޮންޓްރޯލު ކުރުމަށް ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރަން މަޝްވަރާކޮށްފި

ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.

ހެލްތު މިނިސްޓްރީ އިން ބުނީ މިއަދު ބޭއްވި ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ބަލި ފެތުރުން އިތުރުވެފައިވާތިއްޔާއި އަތޮޅުތެރެއިން ކޭސްތައް ފެންނަމުންދާ މިންވަރު އިތުރުވެފައިވާއިރު އަތޮޅުތެރޭ ބަލި ކޮންޓްރޯލު ކުރުމަށް އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ކަމަށެވެ.

ފާއިތުވި ދެ ހަފްތާއެއްހާ ދުވަސްތެރޭ ރާއްޖޭގައި ކޮވިޑް19 ފެތުރޭ މިންވަރު ވަރަށް ބޮޑުތައް އިތުރުވެފައިވާއިރު ހަތް ދުވަސްތެރޭ 500 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާކަމަށް ބުރާސްފަތި ދުވަހުގެރޭ އެޗްއީއޯސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަުވުމުގައި އެސެންޓަރުން ބުނެފައިވެއެވެ.

މިއަދުން ފެށިގެން މަގުމަތީ އުޅޭއިރު މާސްކު އެޅުން މަޖުބޫރުކޮށްފައިވާއިރު، ރޭގަނޑު 11ގެ ފަހުން ބޭރުގައި އުޅޭ މީހުން އިތުރަށް ބަލައި، ފިވަޔަޅު އެޅުމަށް ވަނީ ނިންމާފައެވެ.

މާލޭގެ އިތުރުން ރާއްޖޭގެ 10 ރަށަކުން ކޮވިޑްގެ ކޭސްތައް ވަނީ ފެނިފައެވެ.

ރޭގެ ހައެއްގެ ނިޔަލަށް ރާއްޖެއިން ޖުމްލަ 3،793 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ. 2،607 މީހުން ބަލިން ރަނގަޅުވެފައިވާއިރު 16 މީހަކު ވަނީ ބަލީގައި މަރުވެފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ