ރިވަޑޭލްގެ ފަސް ވަނަ ސީޒަން އަންނާނީ އަންނަ އަހަރުގެ ޖަނަވަރީގައި

ނެޓްފްލިކްސްގެ ޓީން ސީރީޒް “ރިވަޑޭލް”ގެ ފަސް ވަނަ ސީޒަން އަންނާނީ އަންނަ އަހަރު ޖަނަވަރީ މަހު ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރިވަޑޭލްގެ ފަސް ވަނަ ސީޒަނެއް އަންނާނެކަން ނެޓްފްލިކްސް އިން ވަނީ ޔަގީންކޮށްދީފަ އެވެ. އެ ސީރީޒްގެ ފަސް ވަނަ ސީޒަނަށް ނެޓްފްލިކްސްއިން ރިނިއުކުރީ މި ދިޔަ ޖަނަވަރީ މަހު އެވެ.

ސީރީޒްގެ ޕްރޮޑަކްޝަންގެ މަސައްކަތް މި މަހު ފަހުކޮޅު ނޫނީ އަންނަ މަހު ކުރީކޮޅު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ސީރީޒް “ރިވަޑޭލް”ގެ ފަސް ވަނަ ސީޒަން ފަށާނީ ޕްރޮމް ނައިޓަކުން ކަމަށާއި އެ ސީޒަނުގައި ގްރެޖުއޭޝަން އެޕިސޯޑެއްވެސް ހިމެނޭކަމަށް ޚަބަރުތައް ބުނެއެވެ. އަދި ޓޯނީ ޓޮޕާޒްގެ ބެކް ސްޓޯރީވެސް މި ސީޒަނުން ފެނިގެންދާނެ އެވެ.

ރިވަޑޭލްގެ މުހިއްމު ދެތަރިން ކަމަށްވާ ޖަގްހެޑްގެ ބައްޕަ އެފްޕީ ޖޯންސް އަދި ވެރޮނިކާގެ މަންމަ ހާމަނީ ލޮޖް ރިވަޑޭލްގެ ފަސްވަނަ ސީޒަނުން ނުފެންނާނެ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. އެ ސީރީޒްގެ ފުރަތަމަ އެޕިސޯޑެއް އާންމުންނާ ހަމައަށް އައީ 2017 ވަނަ އަހަރުގަ އެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ