ޒަރޫރީ ބޭނުމެއްގައި ނޫނީ މާލެއިން ރަށްރަށަށް ނުދެވޭގޮތް ހަދައިފި

ޒަރޫރީ ބޭނުމެއްގައި ނޫނީ މާލެއިން ރަށްރަށަށް ނުދެވޭގޮތް ހަދައިފިއެވެ.

ހެލްތު އިމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީސީ) ން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނަރަލް ޕޮލިސީ ޕްލޭނިން އެންޑް އިންޓަނޭޝަނަލް ހެލްތު، އައިޝަތު ސާމިޔާ ވިދާޅުވީ، މިއަދުން ފެށިގެން މާލެ އިން ރަށް ރަށަށް ފޮނުވާނީ ކޮންމެހެން ދާން ޖެހޭ މީހުން އެކަނި ކަމަށެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ، އަތޮޅުތެރެއަށް ބަލި ފެތުރުން ހުއްޓުވުމަށް އަދި އަތޮޅުތެރޭގައި ތިބި ރައްޔިތުން ބަލިން ރައްކާތެރިކުރުމަކީ ވަރަށް ބޮޑަށް އިސްކަމެއް ދީގެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

އޭޕްރީލް މަހުގެ 15 ވަނަ ދުވަހު މާލެ އިން ފުރަތަމަ ފަހަރަށް ކޮވިޑްގެ ބަލި މީހަކު ފެނުމާ ގުޅިގެން އެ ދުވަހުން ފެށިގެން އަދިވެސް މާލެ އޮތީ ފުރަބަންދުގަ އެވެ.

ނަމަވެސް ޒަރޫރީ ބޭނުމަށް މާލެ އައިސް ނުދެވިފައި ތިބި މީހުން ރަށް ރަށަށް ފޮނުވުމުގެ މަސައްކަތް ފަށައި، ސަރުކާރުގެ ހަރަދުގައި 14 ދުވަސް ކަރަންޓީނު ފުރިހަމަ ކުރުމަށް ފަހު ރަށް ރަށަށް މީހުން ފޮނުވަން ފެށިއެވެ. އަދި މާލޭގެ ފުރަބަންދަށް ދިން ލުޔަށްފަހު ހުއްދަ ހޯދައިގެން ރަށް ރަށަށް ގޮސް އަމިއްލަ އަށް ކަރަންޓީނު ފުރިހަމަ ކުރުމުގެ އުސޫލެއް ސަރުކާރުން ވަނީ އެކުލަވާލާފަ އެވެ.

ނަމަވެސް އީދު ބަންދާ ދިމާކޮށް، 9000 އެއްހާ މީހުން ރަށް ރަށަށް ދިއުމަށް އެދިފައިވާ ކަން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ވިދާޅުވެފަ އެވެ.

މާލެއިން އަތޮޅުތެރެއަށް ދާން ފުރުސަތު ހުޅުވާލި ނަމަވެސް، އަތޮޅުތެރެއަށް ބަލި ފެތުރުނަ ނުދިނުމަށްޓަކައި އަތޮޅުތަކަށް ދާއިރު ޒިންމާދާރުވުމަށް މިނިސްޓަރު ވަނީ ގޮވާލައްވާފަ އެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ