އެމެރިކާ އާއި ޔުނިސެފް ގުޅިގެން ރާއްޖެއަށް 11.5 މިލިއަން ރުފިޔާގެ އެހީ ދީފި

ޔުނިސެފް މޯލްޑިވްސް އާއި ގުޅިގެން އެމެރިކާ އިން ރާއްޖެއަށް 750،000 ޑޮލަރު (11.5 މިލިއަން ރުފިޔާ)ގެ އެހީ ދީފިއެވެ.

ޔުނިސެފް މޯލްޑިވްސް އިން ބުނީ އެ މިއެހީ ބޭނުން ކުރާނީ ކޮވިޑް19 ގެ ހާލަތުގައި ސްކޫލުތަކާއި އާންމު ތަންތަން ރައްކާތެރިކަމާއެކު ބޭނުން ކުރުމަށް މަގުފަހިކުރުމަށް ކަމަށެވެ.

މި އެހީއަކީ ޔުނެއިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫއެސްއޭއައިޑީ) މެދުވެރިކޮށް ދިން އެހީއެކެވެ. މި އެހީ ބޭނުންކުރާނީ ޔުނިސެފާއި ދިވެހި ސަރުކާރު ގުޅިގެންނެވެ.

މި އެހީގެ ބޭނުން ކުރާނީ ބެލެނިވެރިންނާއި ޓީޗަރުން އަދި ދަރިވަރުން އަދި ފުރާވަރުގެ ކުދިންގެ އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށް، ސްކޫލުތައް ހުޅުވާއިރު ބޭނުންވާ ސާފު ފެނާއި ސެނިޓޭޝަން އަދި ސާފުތާހިރުވުމަށް ބޭނުންވާ އެހެނިހެން ތަކެތި ފޯރުކޮށްދިނުމަށެވެ.

ޔުނިސެފުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ. މުނީރު އޭ ސަފީލްދީން ވަނީ ޔޫއެސްއޭއައިޑީ އިން ރާއްހެއިން ދިން އެހީއަށް ޝުކުރު އަދާ ކުރައްވައިފައެވެ. މިއީ މިފަދަ އެހީއަކަށް ރާއްޖެއިން އެންމެ ބޭނުންވެފައިވާ ދަނޑިވަޅުގައި ލިބުނުއެހީ އެއްކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާ އިން ވަނީ މީގެ ކުރިންވެސް ޔުނިސެފާ ގުޅިގެން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ