މާސްކު ނާޅާ އުޅުނު 151 މީހަކު މިހާތަނަށް ޖޫރިމަނާ ކޮށްފިއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސަރަހައްދުގައި މާސްކު އެޅުން މަޖުބޫރުކޮށް މާސްކު ނާޅާ އުޅޭ މީހުންނަށް ފިޔަވަޅު އަޅަންފެށީ ހޮނިހިރު ދުވަހުއެވެ. މާސްކު ނާޅާ އުޅޭމީހުންނަށް ފުލުހުން ފުރަތަމަ ނަސޭހަތް ދިނުމަށްފަހު، ދެވަނަ ފަހަރަށް ތަކުރާރު ކުރާނަމަ 1،000 ރުފިޔާ އިން ޖޫރިމަނާ ކުރެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިހާތަނަށް މާސްކުނާޅާ އުޅުނު ޖުމްލަ 986 މީހަކަށް ނަސޭހަތްދީ 151 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
މީގެ ތެރޭ ފާއިތުވި 24 ގަޑިއިރު ތެރޭ ނަސޭހަތްދިން 120 މީހުންނާއި ޖޫރިމަނާ ކުރި 19 މީހުން ހިމެނެއެވެ.
ކޮވިޑުން ރައްކާތެރިވުމަށް ރެއިން ފެށިގެން ރޭގަނޑު 10 އިން ފަތިހު ފަހަކަށް މާލެ ސަރަހައްދުގައި ބޭރަށް ނިކުމެ އުޅުން މަނާކުރިއެވެ. ރޭ އެވަގުތު ބޭރުގައި އުޅުނު 145 މީހުންނަށް ނަސޭހަތް ދިން ކަމަށްވެސް އެޗްއީއޯސީ އިން ބުންޏެވެ.