އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ ސްޓެންޑަޑައިޒޭޝަން (އައިއެސްއޯ) ގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް، އައިއެސްއޯ 9001:2015 ސެޓްފިކެޓް އެމްޓީސީސީ އިން ހާސިލްކޮށްފިއެވެ.
އެމްޓީސީސީ އިން ބުނީ އެ ކުންފުންޏަކީ އައިއެސްއޯގެ ކޮލިޓީ މެނޭޖްމަންޓް ސިސްޓަމަށް ސެޓިފައިކޮށްފައިވާ މަދު ދިވެހި ކުންފުނިތަކުގެ ތެރެއިން، ކުންފުނީގެ ހުރިހާ އޮޕަރޭޝަނެއް ސެޓިފައި ކުރެވުނު ކުންފުނި ކަމަށެވެ.
އެމްޓީސީސީ ގެ އޮޕަރޭޝަންތަކުގެ ތެރެއިން ސެޓިފައި ކުރެވުނު އޮޕަރޭޝަންތަކަކީ:
– ސިވިލް ކޮންސްޓްރަކްޝަން ޚިދުމަތް
– ޓްރާންސްޕޯޓް ޚިދުމަތް
– ލޮޖިސްޓިކް ޚިދުމަތް
– އާންމު ވިޔަފާރީގެ ދާއިރާއިން، އިންޖީން، ސްޕެއާ ޕާޓް އަދި އިކުއިޕްމަންޓް ވިއްކުމާ ޑިސްޓިރިބިއުޓް ކުރުން.
– ފަޅުފުންކުރުމާއި ބިންހިއްކުމުގެ ހިދުމަތް
– އިންޖިނިއަރިން އަދި ޑޮކިންގެ ހިދުމަތް
އައިއެސްއޯ 9001:2015 ސްޓޭންޑާޑަކީ ދުނިޔޭގެ އެންމެ މަޝްހޫރު
ކޮމިޓީ މެނޭޖްމަންޓް ސިސްޓަމެވެ.
މިސިސްޓަމަށް އެމްޓީސީސީ ސަރޓިފައިކޮށްދީފައިވަނީ އެސްޖީއެސް ޔުނައިޓެޑް ކިންގްޑަމް އިންކަމަށް އެމްޓީސީސީ އިން ބުންޏެވެ.
އެކުންފުނީގެެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ މިއީ އެމްޓީސީސީއަށް ލިބުނު ފަހުރުވެރި ކާމިޔާބީއެއް ކަމަށާއި މިއީ ކުންފުނިން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ހިފެހެއްޓުމަށް ކުރާ މަސައްކަތުގެ ހެއްކެއް ކަމަށެވެ.