މާލެ-ތިލަފުށި ބުރިޖް މަޝްރޫއަށް އިންޑިއާއިން 500 މިލިއަން ޑޮލަރު ދެނީ

މާލެ ތިލަފުށި ބްރިޖް މަޝްރޫއަށް އިންޑިއާއިން 500 މިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމައިފި އެވެ.

މާލެ ވިލިނގިލި ތިލަފުށި އަދި ގުޅިފަޅު ގުޅުވާލުމަށް އަޅާ ބްރިޖަކީ އިންޑިއާގެ ހިލޭ އެހީ ހިމަނައިގެން އަޅާ ބްރިޖެއް ކަމަށް ސަރުކާރުން މީގެ ކުރިންވެސް ވަނީ ބުނެފަ އެވެ. ފޮރިން މިނިސްޓްރީއިން ބުނީ އިންޑިއާއިން މިހާރު އެ މަޝްރޫއަށް 500 މިލިއަން ޑޮލަރު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެކަން ހާމަ ކުރެއްވީ އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރު މިއަދު ރާއްޖޭގެ ފޮރިން މިނިސްޓަރަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިން ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ.

” ބްރިޖްގެ މަޝްރޫޢަށް އިންޑިއާ ސަރުކާރުން ދެއްވާ 500 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖްގައި ލޯން އަދި ހިލޭ އެހީގެ ކޮމްޕޯނަންޓް ހިމެނޭނެއެވެ.” ފޮރިން މިނިސްޓްރީއިން ބުންޏެވެ.

6.695 ކިލޯ މީޓަރުގެ ބްރިޖްތަކާ ކޯޒްވޭގެ މައްޗަށް އެކުލެވޭ މި މަޝްރޫޢު ވެގެން ދާނީ ރާއްޖޭގައި ހިންގާ އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫއު ކަމަށް ފޮރިން މިނިސްޓްރީއިން ބުންޏެވެ. މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ ތިން ބްރިޖް މި މަޝްރޫއުގެ ތެރެއިން ހެދުމަށް ވަނީ ނިންމާފަ އެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް”ގެ ދަށުން މާލެ، ވިލިގިނލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމުން ރާއްޖޭގެ އިގްތިސާދަށް އޭގެ ގިނަ ފައިދާތަކެއް ލިބި، ވިޔަފާރިތަކަށާއި އާއްމު ރައްޔިތުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ