އިންޑިއާ އަކީ ޑިމޮކްރަސީ އަށާއި ސުލްހައަށް އުއްމީދެއް: ރައީސް

އިންޑިއާ އަކީ ޑިމޮކްރަސީ އަށާއި ސުލްހައަށް އުއްމީދެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ އިންޑިއާގެ 74 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާ އިން ގެންގުޅޭ ޑިމޮކްރެޓިކް އުސޫލުތަކާއި ހަމަތަކަކީ ހަމަޖެހުމަށާއި ކުރިއެރުމަށް ލިބޭ އުއްމީދެއް ކަމަށެވެ.

ރައީސް ސޯލިހު ވަނީ އިންޑިއާގެ ރައީސް ކޯވިންދަށާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް އަދި އެގައުމުގެ ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފަ އެވެ.

އިންޑިއާ އާއި ރާއްޖެ އާއި ދެމެދު އޮންނަ ގުޅުން ރައީސް ސޯލިހުގެ ވެރިކަމުގައި ބަދަހިވެފައިވާއިރު އިންޑިއާ އިން ދަނީ ރާއްޖޭގައި ހިންގާ ބޮޑެތި މަޝްރޫއުތަކަށާއި އިގްތިސޯދީ މަސައްކަތްކަށް ބޮޑެތި އެހީތައް ދެމުންނެވެ.

އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު އިންޑިއާ އިން ވަނީ ގްރޭޓާ މާލެ ސަރަހައްދު ގުޅާލާ ބްރިޖުގެ މަސައްކަތަށް 500 މިލިއަން ޑޮލަރު ދޭން ނިންމައިފަ އެވެ. އަދި ބަޖެޓު ސަޕޯޓުގެ ގޮތުގައި 250 މިލިއަން ޑޮލަރު ދޭން ނިންމައި އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ސޮއިކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އިތުރު ހަތް މަޝްރޫއެއް ފަށަން ވަނީ ނިންމަައިފަ އެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ