ލޯންޗަކާއި ދޯންޏެއް ޖެހި މީހަކަށް އަނިޔާވެއްޖެ

ކ. މާފުށި ކައިރީން ސަޕްލައި ދޯންޏަކާއި ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ އެވެ.

އެމްއެންޑީއެފް އިން ބުނެފައި ވަނީ މަސްވެރިކަމަށް ނިކުމެ އުޅުނު ލޯންޗެއް ކަމަށްވާ “އަލީ ޝާހު” އާއި ސަޕްލައި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު ހެނދުނު 06:50 ގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގައި އަނިޔާވެފައި ވަނީ ލޯންޗުގައި ހުރި މީހަކަށް ކަމަށާއި އޭނާގެ ބޮލަށާއި ކޮނޑުހުޅަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ އެމީހާއަށް އިތުރަށް ފަރުވާ ދިނުމަށްޓަކައި މިހާރު މާލެ ގެނެސްފައިވާ ކަމަށެވެ. އޭނާ ގެނެސްފައި ވަނީ މާފުށީ ލޯންޗެއްގައި ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގައި ލޯންޗާއި ދޯނި ޖެހި އެ ލޯންޗު ވަނީ ބަންޑުން ޖަހާލާފައި ކަމަށެވެ. އެ ހާދިސާ ހިނގި އިރު ދޯނީގައި ހަތް މީހުން ތިބިއިރު ލޯންޗުގައި ތިބީ ފަސް މީހުން ކަމަށް އެމްއެންޑީއެފް އިން ބުނެ އެވެ.

އެކްސިޑެންޓު ހިނގި ސަރަހައްދުގައި މިހާރު އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޯސްޓުގާޑުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ