ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

ގުޅީފަޅު ބަނދަރާއެކު ރާއްޖެއަށް ބޭރުގެ ޝިޕިން ލައިންތައް އޮޕަރޭޓްކުރަން މަގުފަހިވާނެ

ގުޅީފަޅުގައި ތަރައްޤީކުރާ ބަނދަރު ނިމުމުން ރާއްޖެއަށް ދުނިޔޭގެ މައި ޝިޕިން ލައިންތަކުން އޮޕަރޭޓްކުރުމަށް މަގުފަހިވެ، އިޤްތިސާދަށް މީގެ ސަބަބުން ކުރިއެރުން ލިބޭނެކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރ، އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ގުޅީ ފަޅުގައި ބަނދަރު ތަރައްޤީކުރުމުން ރާއްޖޭގެ އިޤްތިސާދަށް އެކި ގޮތް ގޮތުން ބޮޑު ކުރިއެރުމެއް އަންނާނެކަމަށެވެ. މިގޮތުން ވިޔަފާރިވެރިންނަށް ބޮޑު ފަސޭހަތަކެއް ވާނެކަމަށާއި، މުދަލުގެ އަގުތަކަށް ހެޔޮވުމާއި، ބޭރުގެ ވިޔަފާރިތަކަށް ފުރުސަތު ހުޅުވިގެންދާނެކަމަށް ސައީދު ވިދާޅުވިއެވެ.

“އަލަށް ބަނދަރު ތަރައްޤީކޮށް ހުޅުވުމުން އަޅުގަނޑު ދެކޭ ގޮތުގައި ލިބޭނެ އެންމެ ބޮޑު ކުރިއެރުމަކީ އަވަހަށް މުދާ ކްލިއަރކުރެވުން. މުޅިން ތަފްސީލްތައް ނޭގުނަސް، އައު ބަނދަރުގައި އެންމެ ބޯޓެއް ނޫން ތަރައްޤީކުރެވޭނީ. ހަތަރު ފަސް ބޯޓު އެއްފަހަރާއި ކައަރިކުރަން ފުރުސަތު ލިބޭ ވަރުގެ ޖާގަ އެތަނުގައި ހުންނާނެ. މިހެން ކަމަށް ވެއްޖެއްޔާ އުންމީދުކުރެވިދާނެ ބައެއް ބޭރުގެ މެއިން ޝިޕިން ލައިންތައް ރާއްޖެއަށް ސީދާ އޮޕަރޭޓްކުރަން ފުރުސަތު ހުޅުވޭނެ. އޭރުން ވިޔަފާރިވެރިންނަށް މުދާ ގަނެގެން ލަސް ނުވެ މުދާ ގެނެވޭނެ. މިކަމުން ޑައިރެކްޓް ސޭވިންތައް ހެދުމުން މުދަލުގެ އަގު ދަށްވާނެ.” ސައީދު ވިދާޅުވިއެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގލައިނަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ