ދަރިފުޅު ބޮލީވުޑަށް ނިކުތުން ލަސްވަނީ ކޮވިޑާ ހެދި ކަމަށް ސަންޖޭ ބުނެފި

ދަރިފުޅު ޝަނާޔާއަށް މިވަގުތު ބޮލީވުޑަށް ނިކުތުމަށް އޮތް ހުރަހަކީ ކޮވިޑް-19 ކަމަށް އޭނާގެ ބައްޕަ ސަންޖޭ ކަޕޫރު ބުނެފި އެވެ.

ނުވަދިހައިގެ އަހަރުތަކުގައި ބޮލީވުޑުގައި ވިދާލި ތަރި ސަންޖޭގެ ދަރިފުޅު ޝަނާޔާ ބޮލީވުޑަށް ނުކުތުމާއި ގުޅިގެން ތަފާތު އެކި އަޑުތައް އަރަމުންދާ މިދަނޑިވަޅުގައި އޭނާގެ ބައްޕަ ބުނީ ކޮވިޑާއި ގުޅިގެން ދަރިފުޅަށް ބޮލީވުޑަށް ނިކުމެވުން ލަސްވެފައިވާ ކަމަށާއި އެކަމަކު ވަރަށް އަވަހަށް އޭނާ ބޮލީވުޑަށް ނިކުންނާނެ ކަމަށެވެ.

އެކަމަކު ބޮލީވުޑަށް ނިކުންނާނީ ވަކި ކާކުގެ ފިލްމެއްގައި ކަމެއް ނުބުނެ އެވެ.

ޝަނާޔާގެ އެންމެ ގާތް ދެ ރަހުމަތްތެރިންނަކީ ވެސް ފިލްމީ ދާއިރާއަށް ހިތްޖެހިފައިވާ ދެ ކުދިންނެވެ. އެއީ އަނަންޔާ ޕާންޑޭ އާއި ސުހާނާ ހާނެވެ. އެގޮތުން އަނަންޔާ ބޮލީވުޑަށް މިހާރު ތައާރަފުވެފައިވާއިރު ސުހާނާ ވެސް ވަރަށް އަވަހަށް ބޮލީވުޑަށް ތައާރަފުވާނެ ކަމުގެ އަޑުތައް ފެތުރިފައިވެ އެވެ.

އުމުރުން 20 އަހަރުގެ ޝަނާޔާ ވަނީ ޖާންވީ ކަޕޫރު ލީޑު ރޯލުން ފެނިގެންދާ ފިލްމު، “ކާގިލް ގާލް” ގެ އެސިސްޓެންޓް ޑައިރެކްޓަރުގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ