ދައުލަތުގެ އިދާރާތަކުން ހުށަހަޅާ ޕީއެސްއައިޕީ މަޝްރޫއުތައް ޕީއެސްއައިޕީ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް އަންގައިފިއެވެ.
ފިނޭންސް މިނިސްޓްރީ އިން އިއްޔެ ނެރުނު މާލިއްޔަތާ ގުޅޭ ސާކިޔުލާގައި ބުނީ ދައުލަތުގެ އިދާރާތަކުން ހިންގާ ޕީއެސްއައިޕީ މަޝްރޫއުތަކުގެ ފައިނޭންޝަލް މޮނީޓަރިންގެ މަސައްކަތްތައް ކުރިއަށްގެންދިޔުމަށް ޕޯޓަލްއެއް އުފައްދާފައިވާ ކަމަށެވެ.
ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ކުރިއަށްގެންދާ ޕީއެސްއައިޕީ މަޝްރޫއުތަކާއި އެނޫންވެސް ގޮތްގިތުން ދައުލަތާއެކު ކޮންޓްރެކްތު ހަދައިގެން އެކިފަރާތްތަކުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ކޮންޓްރެކްޓުތަކުގެ މައުލޫމާތު މި ޕޯޓަލް މެދުވެރިކޮށް އެޅުމަށް އިދާރާތަކަށް ވަނީ އަންގައިފައެވެ.
އެގޮތުން ދައުލަތާއެކު ކޮންޓްރެކްތު ކުރެވިގެން ކުރިއަށްގެންދާ އެންމެހާ މަސައްކަތްތަކުގެ ކޮންޓްރެކްޓުތަކުގެ މައުލޫމާތުތައް މިމަހުގެ ނިޔަަލަށް bandeyri.egov.mv އަށް އެޅުމަށް އެ ސާކިޔުލާގަިއ ވަނީ އެދިފައެވެ.
އަދި މިމަހުގެ 31ގެ ފަހުން ފައިސާ ދޫލުރާނީ ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހުށަހަޅާ ފަރާތްތަކަށް އެކަނިކަމަށްވެސް އެ ސާކިޔުލާގައި ވަނީ ބުނެފައެވެ.