އެޗްއާރްސީއެމްގެ މެމްބަރުކަމަށް ކުރިމަތިލީ ފަރާތްތަކާ ގުޅޭގޮތުން ޝަކުވާއެއް ވޭތޯ ބަލަނީ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެމްބަރު ކަމަށް ކުރިމަތިލާފައިވާ ފަރާތްތަކާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ވޭތޯ ބެލުމަށް، އާންމުންގެ ހިޔާލު ހޯދަން ހުޅުވާލައިފިއެވެ.

އެޗްއާރްސީއެމްގެ ހަތަރު މެންބަރުންގެ މަގާމު ހުސްވެފައިވާތީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނުގައިވާ ގޮތުގެމަތިން އެ ކޮމިޝަނަށް މެންބަރުން އައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ފަރާތްތަކުގެ ނަންތައް ދިރާސާކޮށް ގޮތެއް ނިންމުމަށްޓަކައި، މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ މައްސަލަ ވަނީ މަޖިލީހުގެ ޖެންޑާ ކޮމެޓީއަށް ފޮނުވައިފައެވެ.

އެޗްއާރްސީއެމް އަށް ކުރިމަތިލީ އަށް ފަރާތެއްގެ ނަން، ރައީސް ވަނީ މަޖިލީހަށް ފޮނުވައިފައެވެ. އެއީ،

1. މަރްޔަމް ލައިޒާ / ހ. ފެހި އާލާ
2. އިބްރާހީމް ޒާހިދު / ލިލީމާގެ، ގދ.ވާދޫ
3. ޑރ. އަހްމަދު އަދުހަމް އަބްދުالله / މއ. މާވެޔޮގެ
4. އާމިނަތު ޝިފާޢަތު އަބްދުއްރައްޒާގް / ޑޯރެންސީވިލާ، ސ.ފޭދޫ
5. ހުސައިން އަމްރު / ވ. ރޯޝަން
6. މުއުމިނާ ވަހީދު / މ. ޖިއެނާ
7. އަޒްލީމާ އަހްމަދު / ދަފްތަރު ނަންބަރު ރސ 94-341
8. މުހައްމަދު ފައުޒީ ބަހާރުމާގެ / ގއ. ވިލިނގިލި

އެ ފަރާތްތަކާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއްވާނަމަ، މި މަހުގެ 26 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ޝަކުވާ ހުށަހަޅުއްވާ ފަރާތުގެ ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ
ފޯނު ނަންބަރު އެނގޭނެ ގޮތަށް އެ ޝަކުވާއެއް ކޮމިޓީގެ އީމެއިލް އެޑްރެސް mv.gov.majlis@committee އަށް ނުވަތަ
ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ