ކުރިން އޮތީ އެންމެ ބޭނުންވެފައިވާ ފަރާތްތަކަށް ޝަރުތު ހަމަނުވެ: ކޮމިޓީ

“ހިޔާ” މަޝްރޫއުގެ ފްލެޓްގައި ބޯހިޔާވަހިކަމަށް އެންމެ ބޭނުންވެފައިވާ ފަރާތްތަކަށް ޝަރުތު ހަމަނުވެ އެފަރާތްތަކަށް މަގު ބަންދުވާގޮތަށް ކުރިން އޮތް ކަމަށް ފްލެޓްތަކުގެ މައްސަލަތައް ބަލާ ކޮމިޓީއިން ބުނެފިއެވެ.

ހިޔާ މަޝްރޫއުގެ ހަތަރު ކެޓަގަރީއަކުން ފްލެޓް ލިބޭނެ ފަރާތްތަކުގެ ވަގުތީ ލިސްޓު މިއަދު ވަނީ އާންމުކޮށްފައެވެ. އަދި އެކަމާއި ކޮމިޓީގެ އިތުރު މަސައްކަތްތައް ހުރިގޮތާ ގުޅޭގޮތުން ކޮމިޓީއިން މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މެމްބަރު އަލީ ސުހައިލް މުހައްމަދު ވިދާޅުވީ ކޮންމެ ކެޓަގަރީއެއްގައި އެންމެ އަސާސީ އެއް ޝަރުތުގެ ގޮތުގައި، ފްލެޓަށް ކުރިމަތިލާ ކޮންމެ ފަރާތެއްގެ ޖުމްލަ އާމްދަނީއަކީ 7،000 އަށްވުރެ އިތުރުވުން ހިމެނޭ ކަމަށެވެ.

“މިގޮތަށް އަސްލު ޝަރުތު ކަނޑައަޅާފައި އޮތުމުގެ ބޭނުމަކީ އަޅުގަނޑުމެން ބެލި ބެލުމުގައި، އެވޯޑް ކުރަން އުޅޭ ފްލެޓް ލިބިއްޖެ ކަމުގައިވާނަމަ ފްލެޓަށް ދައްކަން ޖެހޭ ފައިސާ އެފަރާތަށް އެފޯޑު ކުރެވޭނެތޯ ނުވަތަ ނޫން ތޯ ބެލުން،” ސުހައިލް ވިދާޅުވިއެވެ.

ނަމަވެސް އެގޮތަށް ޝަރުތުގައި އިނުމުގެ ސަބަބުން ސޯޝަލް ހައުސިންނަށް އެންމެ ބޭނުން ޖެހިފައިވާ ފަރާތްތަކަށް މަގު ބަންދުވެގެން ދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ