ޒީނާ ވަކި ކުރުމާމެދު ގޮތެއް ނިންމުން އޮކްޓޫބަރަށް ފަސްކޮށްފި

ބްރޯޑްކާސްޓިންގް ކޮމިޝަންގެ މެމްބަރު ޒީނާ ޒާހިރު މަގާމުން ވަކިކުރުމުގެ މައްސަލަ ނިންމާނެ ސުންގަޑިއަކީ އޮކްޓޯބަރު މަހުގެ 18 ވަނަ ދުވަސް ކަމުގައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން ނިންމައިފި އެވެ.

ޒީނާ ޒާހިރު މަގާމުން ވަކި ކުރުމަށްޓަކައި ގޮތެއް ނިންމުމުގެ މައްސަލަ މީގެ ކުރިން ފަށައި މަޑުޖެހިފައިވަނީ އޭނާ މެޓާނިޓީ ލީވްގައި ހުރުމުންނެވެ.

މިއަދުގެ މިނިވަން މުއައްސަސާ ކޮމިޓީގެ ބައްދަލުވުމުގައި ޒީނާ މަގާމުން ވަކިކުރުމުގެ މައްސަލަ ނިންމާނެ ސުންގަޑިއެއް ކަނޑައެޅުމަށް 18 އޮކްޓޫބަރު ތާރީހެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އެވެ. އެ ހުށަހެޅުމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ތާއީދުކުރައްވާ، އެ ހުށަހެޅުން ކޮމިޓީއިން ފާސްވީ ހާޒިވެވަޑައިންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.

ޒީނާ ވަކިކުރުމުގެ މަސައްކަތް ފެށުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމީ މިމަހު 10 ވަނަ ދުވަހު އެވެ.

ޒީނާ ޒާހިރު ވަކިކުރުމުގެ މަސައްކަތް ފެށުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް އެވެ.

ޒީނާ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބްރޯޑްކޮމްގައި އައްޔަނުކުރެއްވި ފަރާތެކެވެ. އޭނާ އެ މަގާމަށް އައްޔަނުކުރައްވާފައިވަނީ އޭޕްރިލް، 5، 2016ގަ އެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ