ޓޫރިޒަމް އޮޑިޓް ރިޕޯޓާ ގުޅިގެން ފިޔަވަޅު އަޅަން ފަށައިފިން: މިނިސްޓަރު

ކޮވިޑް19، ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓާ ގުޅިގެން ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ ޓޫރިޒަމް މިނިސްޓްރީގެ ކޮވިޑް19 ކޮމްޕްލަޔަންސް އޮޑިޓްގައި ބޮޑެތި މަކަރާއި ހީލަތުން ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްފައިވާކަން ވަނީ ފެންމަތިވެފަ އެވެ.

ރޭ ރާއްޖެ ޓީވީން ގެނެސްދިން “ފަލަ ސުރުހީ” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މައުސޫމު ވިދާޅުވީ، އެ އޮޑިޓް ރިޕޯޓު އަންމުކޮށްފައިވަނީ އޭނާ މަގާމާ ހަވާލުވި ހަފްތާގައި ކަމަށާއި އެހެން ނަމަވެސް މިހާރު އެ އޮޑިޓް ރިޕޯޓަށް ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށެވެ.

“މިހާރު މިދަނީ އޮޑިޓް ރިޕޯޓާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވަމުން،” މައުސޫމު ވިދާޅުވި އެވެ.

ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާކަން މައުސޫމު ވިދާޅުވިނަމަވެސް، އެއީ ކޮން ފިޔަވަޅުތަކެއް ކަމަށް އޭނާ ހާމައެއް ނުކުރައްވަ އެވެ.

މައުސޫމު ވިދާޅުވީ، ރިޕޯޓާ ގުޅިގެން ކަމާ ގުޅުންހުރި މުއައްސަސާތަކާ ވެސް ބައްދަލުކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މި ސަރުކާރުގައި އިހްލާސްތެރި މީހެއް މަގާމުގައި ނުހުންނައިރު އެ މީހަކު ހިންގާ ކަންކަން ބެލޭނެ ނިޒާމް ހަރުދާނާވެފައިވާކަން މައުސޫމު ފާހަގަކުރެއްވި އެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ