ފެންނަމުން މިދަނީ ސަރުކާރު ނާގާބިލުވެ ނުކުޅެދިފައިވާ ތަން: ރައީސް ވަހީދު

ފެންނަމުން މިދަނީ ރައްޔިތުންނަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ކުރުމުގައި މިހާރުގެ ސަރުކާރު ނާގާބިލުވެ ނުކުޅެދިފައިވާ ތަން ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންމަނިކު ވިދާޅުވެއްޖެއެވެ.

މިއަދު ހަވީރު ޕީޕީއެމް އިން ރާއްޖެ ވިއްކާލުމާއި ދެކޮޅަށް ބޭއްވި ހަރަކާތުގައި ވާހަކަދައްކަވަމުން ޑރ. ވަހީދު ވިދާޅުވީ، މި ދައްކަމުން ދަނީ ދިވެހި ޒުވާނުންގެ ހިތްތަކުގައި އުފެދިފައިވާ ނުތަނަވަސްކަަމާއި، ސަރުކާރުގެ ނާގާބިލް ކަމާއި، ސަރުކާރުން ކުރަމުންދާ ކަންތައްތަކުން ރައްޔިތުންނަށް ލިބެމުންދާ ގިނަގުނަ ގެއްލުންތަކުގެ ވާހަކަ ކަމަށެވެ. އަދި މިހާރު ފެނިގެން ދަނީ ރައްޔިތުން އެކަންކަމާއި ހިތްހަމަނުޖެހިފައި ތިބި ވަރު ކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.

“ރާއްޖެއަށް މި ދިމާވި އެންމެ ނުރައްކާތެރި ދަނޑިވަޅުގައި، ރާއްޖޭގެ ރައްޔިތުން އެންމެ ނިކަމެތިވި ދަނޑިވަޅުގައި ފެންނަމުން މި ދަނީ ސަރުކާރުން އަދާ ކުރަން ޖެހޭ ވަޒީފާ، ސަރުކާރުގެ ވާޖިބް ނުކުރޭވޭތަން. ރައްޔިތުން ހިމާޔަތް ކުރުމަށްޓަކައި، ރައްޔިތުން ރައްކާތެރި ކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ނުކުރެވޭތަން، ރައްޔިތުންނަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި ސަރުކާރު ނާގާބިލުވެ ނުޅެދިފައިވާތަން މިހާރު މި ފެންްނަނީ”. ޑރ. ވަހީދު ވިދާޅުވިއެވެ.

ޑރ. ވަހީދު ވިދާޅުވީ، މިހާރު ދެން ރައްޔިތުންނަށް ކެއް ނުވާނެ ކަަމަށާއި، މިއަށްވުރެ ރަނގަޅަށް ސަރުކާރުން ކަންތައް ކުރަން ޖެހޭ ކަމަށެވެ.

ރައްޔިތުންގެ ހަޒާނާ ހުސްވެގެން ގޮސް ރައްޔިތުން ހާލުގައި ޖެހޭ ވަގުތުގައި އެންމެން ބައިވެރިކޮށްގެން މިކަން ހައްލު ކުރަން ޖެހޭ ކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.

ޑރ. ވަހީދު ވިދާޅުވީ، އެ މަންޒަރު ފެންނަމުންނުދާ ކަމަށާއި، ފެންނަމުން ދަނީ ދައުލަތުގެ ހަޒާނާ ހުސްވެގެން ދިޔަ ތަން ކަމަށެވެ. އަދި އެ ފައިސާ ހުސްވެގެން ދިޔައީ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވެ ކަމަށް ޑރ. ވަހީދު ފާހަގަކުރެއްވިއެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ