ހުޅުމާލޭ ޖަލާއި ޑިޓެންޝަން ސެންޓަރުން ޕޮޒިޓިވްވި މީހުންގެ އަދަދު 12 އަށް

ހުޅުމާލޭ ޖަލާއި ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައި ތިބި މީހުންގެ ތެރެއިން ކޮވިޑް-19އަށް ޕޮޒިޓިވް މީހުންގެ އަދަދު 12އަށް އަރައިފި އެވެ.

ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައި ތިބި ބަޔަކު ޕޮޒިޓިވްވިކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއިން އެންމެ ފުރަތަމަ ހާމަ ކުރީ މި މަހުގެ 27 ވަނަ ދުވަހުއެވެ. ހަ މީހަކު ޕޮޒިޓިވްވިކަން އެ ދުވަހު ކަރެކްޝަންސްއިން ހާމަ ކުރި އެވެ.

މިއަދު ކަރެކްޝަންސްއިން ވަނީ 23 އޮގަސްޓު 2020 އިން ފެށިގެން މިއަދާ ހަމައަށް ހުޅުމާލެ ޖަލާއި ހުޅުމާލެ ޑިޓެސްޝަން ސެންޓަރުން ނެގިފައިވާ ސާންޕަލްތަކުގެ އެންމެ ފަހުގެ މައުލޫމާތު އާންމުކޮށްފައެވެ.

އެ މުއްދަތުގެ ތެރޭގައި 41 ގައިދީއެއްގެ ސާމަޕަލް ނެގި އެވެ. އޭގެ ތެރެއިން ހަތް މީހުން ކޮވިޑް-19އަށް ޕޮޒިިޓިވްވެފައިވާއިރު 19 މީހަކު ވަނީ ނެގަޓިވްވެފައެވެ. ބާކީ 15 މީހުންގެ ނަތީޖާ އަދި ނުލިބެ އެވެ.

ރާއްޖެއިން ފުރުވާލެވެންދެން ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައި ތިބި 31 ބިދޭސީއެއްގެ ސާމްޕަލްވެސް ނެގިއެވެ. އޭގެ ތެރެއިން ފަސް މީހަކު ޕޮޒިޓިވްވެފައިވާއިރު 16 މީހެއްގެ ނަތީޖާ ވަނީ ނެގަޓިވްވެފައެވެ. ބާކީ 10 މީހުންގެ ނަތީޖާ އަދި ނުލިބެއެވެ.

އެެހެންކަމުން، މިހާރު ހުޅުމާލޭ ޖަލާއި ޑިޓެންޝަން ސެންޓަރުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 12 އެވެ.

ހުޅުމާލޭ ޖަލާއި ޑިޓެންޝަން ސެންޓަރުން 10 ޖަލު އޮފިސަރުންގެ ސާމްޕަލްވެސް ނެގި އެވެ. އެ އެންމެންގެ ނަތީޖާވެސް ނެގަޓިވް އެވެ.

އެތަނަށް ކޮވިޑް-19 ވައިރަސް ވަދެފައި ވަނީ އެތަނަށް އަލަށް ގެންގޮސްފައިވާ ބިދޭސީންގެ ފަރާތުން ކަމަށް ބެލެވޭ ކަމަށް މީގެ ކުރިން ކަރެކްޝަންސް އިން ބުނެފައިވެ އެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ