ހިޔާ މަޝްރޫއުގެ ފްލެޓުތަކުގެ ތެރެއިން ވަގުތީ ލިސްޓު އާންމުކޮށްފައިވާ ހަތަރު ކެޓަގަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފި އެވެ.
އާންމުކޮށް ފްލެޓުތަކުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހަޅަން ހުޅުވާލަނީ ފްލެޓަށް ކުރިމަތި ލައި ނުލިބޭ މީހުންނެވެ.
މިއަދު ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީން ކޮށްފައިވާ އިއުލާނެއްގައި ބުނީ މިފަހަރުގެ ދާއިމީ ލިސްޓު ފުރިހަމަ ކުރުމަށް ޓަކައި ހުރިހާ ފަރާތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ފްލެޓަށް އެދުނު މީހުންގެ ތެރެއިން ނުލިބޭ މީހުންނާއި ފްލެޓު ލިބިފައިވާ އެެހެން މީހަކާއި ގުޅޭގޮތުން ޝަކުވާ ހުށަހެޅިދާނެ ކަމަށެވެ.
އަދި ފްލެޓަށް އެދި ކުރިމަތިލާފައިނުވާ މީހަކަށްވެސް ފްލެޓު ލިސްޓާއި ގުޅޭގޮތުން ޝަކުވާއެއް އޮތް ނަމަ ހުށަހެޅޭނެ ކަމަށް ބުނެފައިވެ އެވެ. ޝަކުވާ ހުށަހަޅަން ޖެހެނީ https://hcp.presidency.gov.mv/ މެދުވރިކޮށެވެ.
އެ ކޮމިޓީން ބުނީ ދާއިމީ ލިސްޓު އެކުލަވާލާއިރު ޝަކުވާތަކަށް ރިޔާއަތް ކުރާނެ ކަމަށެވެ.
ވަގުތީ ލިސްޓު އިއުލާނުކޮށްފައިވަނީ ޑޮކްޓަރުންނާއި ނަރުހުންގެ ކެޓަގަރީ އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓްގަރީ އެވެ. ދެން ވަގުތީ ލިސްޓު އާންމުކޮށްފައިވަނީ މާލޭ ރަށްވެހިންނާއި ޓީޗަރުންގެ ގެޓަގެރީގެ އެވެ.
ކުރީ ސަރުކާރުން ފްލެޓު ލިބޭނެ ކަމަށް އިއުލާނު ކުރި ލިސްޓު ބާކީކޮށް މިދިޔަ ހަފްތާގައި ވަނީ މި ކެޓަގަރީތަކުން ފްލެޓު ލިބޭ މީހުންގެ އާ ލިސްޓެއް އާންމު ކޮށްފައި އެވެ. މި ލިސްޓުތަކުން ވަނީ ކުރިން ފްލެޓު ލިބޭނެ ކަމަށް ލިޔުން ދޫކޮށްފައިވާ 100 އަށް ވުރެ ގިނަ ފަރާތްތައް އުނިކޮށްފައި އެވެ.
މިކަމާއި ގުޅިގެން އިދިކޮޅު އަދި އޭރުގެ ސަރުކާރުގައި ތިއްބެވި ޕީޕިއެމްގެ ވެރިން ގެންދަވަނީ ފާޑުކިޔަމުންނެވެ.