ގާނޫނު އަސާސީން އުފެއްދި އެންމެ މުހިންމު ބާރުގަދަ މަގާމަކީ ޕީޖީ: އޭޖީ ރިއްފަތު

ގާނޫނު އަސާސީން އުފެއްދި އެންމެ މުހިންމު އަދި އެންމެ ބާރުގަދަ މަގާމަކީ ޕްރޮސިކިއުޓާރ ޖެނަރަލްގެ މަގާމު ކަމަށް އެޓާނީ ޖެނަރަލް އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެ އެވެ.

އޭޖީ ރިއްފަތު އެހެން ވިދާޅުވެފައިވަނީ ޕީޖީ އޮފީހަށް 12 އަހަރު ފުރުމާ ގުޅިގެން، ޕީޖީ ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއް ރި ޓްވީޓް ކުރައްވަމުންނެވެ.

ޕީޖީ ޝަމީމްގެ ކުރެއްވި ޓްވީޓްގައި ވިދާޅުވީ، މަސައްކަތް ކުރަމުން ދަނީ އޭނާ އެ މަގާމުގައި ނެތް ދުވަހަކުން ވެސް އެ އޮފީހަކީ އަބަދުވެސް ހުރިހާ ހާލަތެއްގައި ގާނޫނާ އެއްގޮތަށް އަމަލުކުރާ އިތުބާރާއި އެކު ދުނިޔޭގެ ފެންވަރުގައި ހިދުމަތްދޭ ދުޅަހެޔޮ މުވައްޒަފުންތަކެއް މަސައްކަތްކުރާ މުއައްސަސާއެއްގެ ގޮތުގައި އެ ތަން ހެދުމަށް ކަމަށެވެ.

ޕީޖީ ޝަމީމްއާ އެ އޮފީހުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންގެ ސާބަސް ރައްދު ކުރައްވައި އޭޖީ ރިއްފަތު ވިދާޅުވީ، ނުޙައްގު ދައުވާއި ބޭއިންސާފުން ރައްޔިތުން މި ންޖުކުރަން ގާނޫނުއަސާސީ އިން އުފެއްދި އެންމެ މުހިންމު އަދި ބާރުގަދަ މަގާމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމު ކަމަށެވެ. އަދި ހައްގުތަކާއި މިނިވަންކަން ހިމާޔަތްކުރުމުގެ ބޮޑު ބުރަ މަސްޢޫލިއްޔަތު އަދާކުރުމަށް ޕީޖީ އޮފީހުން ކުރަމުން އަންނަ މަސައްކަތައް ރިއްފަތު ވަނީ ތައުރީފް ކުރައްވާފަ އެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ