ރާޅާއެޅުމާއި ގުޅޭ ޚާއްސަ މަޖައްލާ “ދެވިހިފާފަ” އިފްތިތާހްކޮށްފި

ދިވެހިރާއްޖޭގައި ރާޅާއެޅުމަށް ޚާއްސަކޮށްގެން ފުރަތަމަ ފަހަރަށް މަޖައްލާއެއް ތައާރަފްކޮށްފިއެވެ.

“ދެވިހިފާފަ” ނަމުގައި ނެރެން ފެށި މިމަޖައްލާގެ ފުރަތަމަ އެޑިޝަން އިއްޔެ ނެރެދެއްވީ މޯލްޑިވްސް މާރކެޓިން އެންޑް ޕީއާރ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބް މުހައްމަދެވެ. މި މަޖައްލާ ވެބްސައިޓުން ފުރަތަމަ އެޑިޝަން އޮންލައިންކޮށް ކިޔާލުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

“ދެވިހިފާފަ” ފުރަތަމަ އަދަދު ގައި ވެސް ވަނީ ރާއްޖޭގައި ރާޅާ އެޅުމަށް ހުރި ބައެއް ސާފިން ޕޮއިންޓްތަކުގެ ތަފްސީލީ މައުލޫމާތުތައް ވެސް ހިމަނާފައެވެ.

“ދެވިހިފާފަ” ނަމުގައި ނެރޭ މި މަޖައްލާ ނެރުމުގައި އިސްކޮށް ހަރަކާތްތެރިވާ މުއައްސިސުންނަކީ ނަހުޝަލް ނާސިރު އަދި އަދި އާމިރު އަމީން ދީދީއެވެ. މި މަޖައްލާ ނެރުމުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގައި ހިނގާ ރާޅާއެރުމާއި ބެހޭ މުހިންމު ޚަބަރުތައް އެއްތަނަކުން ފޯރުކޮށްދިނުން ކަމަށް މަޖައްލާ ނެރުމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން ވިދާޅުވެއެވެ.

ދެވިހިފާފަ މަޖައްލާގެ ފުރަތަމަ އަދަދުގައި ރާއްޖޭގެ ރާޅާއެޅުމުގެ ތާރީހާއި، ރާޅާއެޅުމުގައި ހަރަކާތްތެރިވެފައިވާ، އަދި ވަމުން އަންނަ އެތަކެއް ފަރާތްތަކެއްގެ ހަބަރާއި މައުލޫމާތު އަދި އިންޓަވިއު ހިމެނިފައިވެއެވެ.

މި މަޖައްލާއަކީ ސާފް ޖާނަލިޒަމް އަދި ސާފް އިންޑަސްޓްރީ ކުރި އެރުމަށް ހުޅުވާލެވޭ ޕްލެޓްފޯމެއްކަމަށް ދެވިހިފާފަ މަޖައްލާއިން އުއްމީދު ކުރެއެވެ.

ދެވިހިފާފަ މަޖައްލާއަކީ އަހަރަކު އެއްފަހަރު ނެރުމަށް ހަމަޖެހިފައިވާ މަޖައްލާއެކެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ