ޚާޝޮގްޖީ މަރާލި މައްސަލާގައި 8 މީހަކު ޖަލަށް ލާން ހުކުމްކޮށްފި

ތުރުކީގައި ހުންނަ ސައުދީ އެމްބަސީގެ ތެރޭގައި މަރާލި ސައުދީ ނޫސްވެރިޔާ ޖަމާލް ޚާޝޯގްޖީގެ މަރުގެ މައްސަލައިގައި ދައުވާ ކުރެވޭ މީހުންގެ ތެރެއިން 8 މީހަކަށް ޖަލު ހުކުމް އިއްވައިފިއެވެ.

ސައުދީ ކޯޓުން އެ މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ މިއަދުއެވެ.

އޭގެ ތެރެއިން ޚާޝޮގްޖީ މަރާލުމުގައި ބައިވެރިވި ކަމަށް ދައުވާ ކުރެވޭ ފަސް މީހުންނަށް އިއްވާފައިވަނީ 20 އަހަރުގެ ޖަލު ހުކުމެކެވެ. އަދި ބާކީ ތިބި މީހުންގެ ތެރެއިން އެކަކަށް ކޮށްފައިވަނީ 10 އަހަރުގެ ޖަލު ހުކުމެކެވެ. އަނެއް ދެ މީހުންނަށް ކޮށްފައިވަނީ ހަރް އަހަރުގެ ޖަލު ހުކުމެކެވެ.

މި މައްސަލަ ބަލައި ނިންމުމަށްފަހު ސައުދީ އަރަބިޔާގެ ޕަބްލިކް ޕްރޮސެކިއުޝަނުން ބުނެފައިވަނީ އެ މައްސަލައިގެ ހުރިހާ ކޭސްތަކެއް މިހާރު ބަންދު ކުރެވިފައިވާ ކަމަށެވެ.

“ވޮޝިންޓަން ޕޯސްޓް” ގެ ނޫސްވެރިޔާ ޚާޝޮގްޖީ މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ތެރޭގައި ތުރުކީވިލާތުގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީ ތެރެއިންނެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ