މާފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ބިން ހިއްކުމުގެ މަޝްރޫއުގެ ބޮޑު ބައި ނިންމައިފި

ކ. މާފުށީ ބިންހިއްކުމާ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ 78 އިންސައްތަ ނިމި އެރަށު ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ވުމާއި ގާތް ވެއްޖެއެވެ.

މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީން ފަށާފައިވާއިރު މިހާރު ކުރިއަށް ދަނީ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކަމަށް އެކުންފުނިން ވަނީ މައުލޫމާތުދީފައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ރައީސް އުޘްމާންް ރަޝީދު ވިދާޅުވީ ބިން ހިއްކުމާ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އަކީ އެރަށު ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ.

އެ ރަށުގައި ބިމުގެ ދަތިކަމަކީ ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައަކަށް ވީއިރު އެރަށުގެ ރައްޔިތުން ދަނީ ބޯހިޔާވަހިކަމުގެ ދަތިކަން ތަހައްމަލް ކުރަމުން ކަމަށާއި ރަށުގެ ރައްޔިތުންނަށް ގޯތި ދޫ ނުކުރެވޭތާ 20 އަހަރު ވެފައިވާކަމަށް ވެސް އުޘްމާން ވިދާޅުވިއެވެ.

އަދި ބިން ހިއްކުމުގެ މަޝްރޫއުގެ އެންމެ ބޮޑު އެއް މަގްސަދަކީ ބިމުގެ ދަތިކަމަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ގެނައުން ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ އެރަށުގެ ގިނަ ރައްޔިތުން ދެކެމުން އަންނަ ހުވަފެނަކަށްވާއިރު ބިން ހިއްކުމުގެ މި މަޝްރޫއު އަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ރިޔާސީ ވައުދުފުޅެކެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 17 ސެޕްޓެމްބަރ 2019 ގައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ