200 އަށްވުރެ ގިނަ ދިވެހި ނަރުހުން ހޯދަނީ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ސިއްހީ މަރުކަޒުތަކާއި، ހޮސްޕިޓަލްތަކަށް ގިނަ އަދަދެއްގެ ނަރުހުން ހޯދަން މިއަދު އިއުލާނުކޮށްފި އެވެ.

އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، އެ މިނިސްޓްރީގެ ދަށުން ހިންގާ މަރުކަޒުތަކަށް ރެޖިސްޓަރޑް ނަރސް، ސީނިއަރ ރެޖިސްޓަރޑް ނަރސް، ކްލިނިކަލް ނަރސް ހޯދަން ބޭނުންވާ ކަމަށެވެ.

އެ މިނިސްޓްރީން ހޯދަން އިއުލާނުކޮށްފައި ވަނީ 263 ދިވެހި ނަރުހުންނެވެ.

އެ މިނިސްޓްރީން ނަރުހުން ހޯދަން އިއުލާނުކޮށްފައި ވަނީ، މިހާރު އަތޮޅު ތެރޭގެ ބައެއް ހޮސްޕިޓަލްތަކަށާއި، ސިއްހީ މަރުކަޒުތަކުގައި ބިދޭސީ ނަރުހުން ތިބި މަގާމުތަކަށެވެ.

އެ މިނިސްޓްރީން ވަނީ މަގާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި 23 ސެޕްޓެމްބަރުގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ކައުންޓަރ އަށް ހުށަހެޅުމަށް އެދިފައެވެ.

އެމިނިސްޓްރީން ވިދާޅުވީ، ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް (hr@health.gov.mv) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެ ކަމަށެވެ.

އަދި ވަޒީފާއަށް ހޮވޭ މީހުންގެ އިންޓަވިއު އޮންނާނީ މި އަހަރުގެ އޮކްޓޯބަރު މަހާއި ނޮވެމްބަރ މަހާއި ދެމެދު ވަޒިފާއަށް އެދި ކުރިމަތިލާ ހޮސްޕިޓަލް/ޞިއްޙީ މަރުކަޒެއްގައި ކަމަށް އެ އިއުލާނުގައި ވެއެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ