މޮނިޓަރިންގައި އޮއްވަ މަޑަވެލިން ފޭބި މީހަކު ހައްޔަރުކޮށްފި

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ކޯވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން ގދ. މަޑަވެލި މޮނިޓަރިންގެ ހާލަތުގައި އޮއްވަ އެ ރަށުން ފޭބި މީހަކު ހައްޔަރުކޮށްފި އެވެ.

މަޑަވެލި މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އެ ރަށާއި ކޯޒްވޭއަކުން ގުޅާލާފައިވާ ހޯނޑެއްދޫގައި ގިނަ ބަޔަކު ކޯވިޑް-19 އަށް ޕޮސިޓިވްވުމުންނެވެ. މިިހާތަނަށް ހޯނޑެއްދޫއިން 36 މީހުން ވަނީ ކޯވިޑަށް ޕޮސިޓިވްވެފައި އެވެ.

ފުލުހުން ބުނީ މަޑަވެލި މޮނިޓަރިންއަށް ލާފައި ވަނިކޮށް އެ ރަށުން ފުރައިގެންގޮސް އެމީހާ އެރީ ބ. ދޮންފަނަށް ކަމަށެވެ. މި މައްސަލައިގަ ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެމީހާ ހައްޔަރު ކުރީ ރޭ 7:20 ހާއިރު އެވެ. އެމީހާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެ އެވެ.

މި ގާނޫނުގެ ދަށުން ގެނެސްފައިވާ އިސްލާހެއްގެ ދަށުން ހޯމް ކަރަންޓީންގައި ތިބޭ މީހުން ގަވައިދާ ހިލާފުވާނަމަ ޖޫރިމަނާ ކުރަން ވަނީ ފަށާފައި އެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ