ކަރެކްޝަންސް އިން ހިންގި އައި ކޭމްޕުން ގައިދީންނަށް އައިނު ހަމަޖައްސައިދީފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހިންގި އައި ކޭމްޕުން ގައިދީންނަށް އައިނު ހަމަޖައްސައިދީފިއެވެ.

މިއީ އައްސޭރި ޖަލުގައި ތިބި ގައިދީންނަށް ބޭއްވި “އައި ކޭމްޕް” އެކެވެ.

ކަރެކްޝަންސް އިން ބުނީ ކޯވިޑް-19 އާ ގުޅިގެން ޚާއްސަ ބަލިތަކުގެ ތެރެއިން ލޮލުގެ ބަލިތަކަށް ފަރުވާ ހޯދުމަށް އެދޭ ޤައިދީންނަށް ފަސޭހަކަމާއެކު އެ ޖަލުން ޚިދުމަތް ފޯރުކޮށްދޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަގުސަދުގައި ބޭއްވި ކޭމްޕެއް ކަަމަށެވެ.

އައިކެއަރ އާ ގުޅިގެން ހިންގި މި ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ ކޯވިޑް-19 އަށް ރައްކާތެރިވުމުގެ ގޮތުން ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް ކަމަށްވެސް ކަރެކްޝަންސް އިން ބުންޏެވެ. އަދި މި ކޭމްޕްގައި ލޮލުގެ ޚާއްސަ ޑޮކްޓަރުން މެދުވެރިކޮށް ލޮލުގެ ފަރުވާއަށް އެދިފައިވާ ގައިދީންގެ ޗެކަޕް ހަދައި، އެ ފަރާތްތަކަށް ބޭނުންވަނީ ކޮން ފަރުވާއެއްތޯ ދެނެގަނެވިފައިވާ ކަމަށްވެސް ބުންޏެވެ.

ކަރެކްޝަންސް އިން ބުނީ އައިނު އަޅަންޖެހޭ ގައިދީންގެ ލޮލުގެ ނަންބަރު ޗެކްކޮށް އައިނު ލިބޭނެ އިންތިޒާމް ހަމަޖައްސައިދީފައިވާ އިރު، އިތުރު ފަރުވާއަށް މާލެ ގެންނަންޖެހޭ ގައިދީންވެސް ދެނެގަނެފައިވާ ކަމަށެވެ.

މިގޮތުން 15 ޤައިދީންގެ ޗެކަޕްހަދައި، 12 ޤައިދީންނަށް ވަނީ އައިނު ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެއެވެ.

އެ އިދާރާއިން ބުނީ ކުރިއަށް އޮތް ތަނުގައި ގައިދީން ސިއްހީ ފަރުވާ ހޯދުމަށް އެންމެ ގިނައިން އެދެމުންދާ ދާއިރާއަކުން މިފަދަ ކޭމްޕްތައް ރާވާ ކުރިއަށް ގެންދާނެ ކަމަށެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ