އެމްޓީސީސީގެ އޭޖީއެމް މިމަހު 27 ގައި

އެމްޓީސީސީގެ 2019 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ މިމަހުގެ 27 ވާ އާދިއްތަ ދުވަހު ބާއްވަން ނިންމައިފި އެވެ.

އެމްޓީސީސީ އިން ބުނީ އަހަރީ އާންމު ޖަލްސާ އޮންނާނީ އާދިއްތަ ދުވަހުގެ ހަވީރު 4:00 ގައި ފަހިވޯޓު މެދުވެރިކޮށް ކަމަށެވެ. ޖަލްސާ ގައި ބައިވެރިވުމަށް ރެޖިސްޓްރީ ކުރުމުގެ ފުރުސަތު އާންމު ހިއްސާ ދާރުންނަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ. އޭޖީއެމް ގައި ބައިވެރިވުމަށް ރެޖިސްޓްރީ ކުރުމުގެ ފުރުސަތު 25 ސެޕްޓެމްބަރުގެ ނިޔަލަށް އޮންނާނެ އެވެ.

މިދިޔަ 2019 ވަނަ އަހަރު އެމްޓީސީސީ އަށް ސާފު ފައިދާގެ ގޮތުގައި 53.3 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވަނީ 2019 ވަނަ އަހަރަށް ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު ފަސް ރުފިޔާގެ ހިއްސާ އަކަށް ދެ ރުފިިޔާ ބަހާގޮތަށް ކުންފުނީގެ އަހަރީ އާންމު ޖަލްސާ އަށް ހުށަހެޅުމަށެވެ.

އަހަރީ އާންމު ޖަލްސާގައި އަންނަ އަހަރަށް ކުންފުނީގެ އޮޑިޓަރުން ހޮވާ، އެފަރާތުގެ އުޖޫރަ ކަނޑައެޅުމުގެ އިތުރުން ކުންފުނީގެ ހިންގާ ގަވައިދަށް ހުށަހަޅާފައިވާ އިސްލާހުތައް ފާސްކުރުމާއި ބެހޭ ހާއްސަ ގަރާރު ފާސްކޮށް، ކުންފުނީގެ ޑިރެކްޓަރުންގެ ފީ އަށް ބަދަލު ގެނައުމާއި ކުރިއަށް އޮތް ދައުރަށް ޑިރެކްޓަރުން އައްޔަންކުރުމާއި އިންތިހާބުކުރުން އޮންނާނެ އެވެ.

އާންމު ހިއްސާދާރުން ތަމްސީލު ކުރުމަށް ބޯޑަށް ކުރިމަތިލާފައި ވަނީ ދެ ފަރާތަކުންނެވެ.

1. އަހުމަދު އަބޫބަކުރު، / ދަފްތަރު ނަންބަރު 95-698 ،ކ.މާލެ
2 .ނަސްރަތު މުހައްމަދު / ހެޕީނައިޓް، ގއ.ވިލިގިލި

މިިދިޔަ އަހަަރު ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ އިން ފާސްކޮށްފައިވަނީ 2018 ވަނަ އަހަރު ކުންފުންޏަށް ލިބުނު ފައިދާ އިން ހިއްސާ ދާރުންނަށް ހިއްސާ ނުބެހުމަށެވެ. އަދި 2018 ވަނަ އަހަރު ކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނީ 34،27 މިލިއަން ރުފިޔާ އެވެ.

ދިވެހި ސަރުކާރާއި ރައްޔިތުން އަދި އެމްއެންއެސްއެލް ހިއްސާވާ އެމްޓީސީސީ އަކީ ރާއްޖެގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށް މުއާމަލާތް ކުރާ އެންމެ ދުވަސްވީ އެއް ކުންފުންޏެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ