ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް)ގެ ހުސްވެފައިވާ މަގާމުތައް ހޮވުމަށް އޮކްޓޫބަރު މަހުގެ 17 ވަނަ ދުވަހު އިންތިހާބީ ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.
ގޭމް އިން ބުނީ، އިންތިހާބީ ޖަލްސާއެއް ބާއްވަން ނިންމީ މި މަހުގެ ވަނަ ދުވަހު ބޭއްވި އެ އެސޯސިއޭޝަންގެ ހިންގާކޮމެޓީގެ 15 ވަނަ ޖަލްސާގައި ކަމަށެވެ.
ގޭމް އިން ބުނީ އިންތިހާބީ ޖަލްސާގައި ބައިވެރިވޭނީ މި މަހުގެ 30 ވާ ބުދަ ދުވަހުގެ ހަވީރު ހައެއް ޖެހުމުގެ ކުރިން މި އަހަރުގެ ފީ ދައްކާފައިވާ ޕްރިމިއާ މެމްބަރުންނާއި ސިލްވާ މެމްބަރުންނަށް ކަމަށެވެ.
އެ ޖަލްސާގައި ހޮވުމަށް ހަމަޖެހިފައިވާ މަގާމުތައް އިއުލާނުކުރާނީ އޮކްޓުބަރު އެއްވަނަ ދުވަހުއެވެ.
އެހެންކަމުން، ޕްރިމިއާ މެމްބަރުންނާއި ސިލްވާ މެމްބަރުންނަށް ވުމަށް އެދޭ ފަރާތްތަކުން ގޭމްގެ ޕީއާރް އެންޑް މާކެޓިން 9883317 އާއި ގުޅައިގެން ކުރިއަށް ގެންދިއުމަށް ވަނީ އެދިފައެވެ.
ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް)ގެ ރައީސް އަދި ސެކެޓްރީ ޖެނެރަލްގެ ހުސްވެފައިވާ މަގާމަށް ވަގުތީ ގޮތުން މެމްބަރުން އައްޔަންކުރީ މިދިޔަ ޖުލައި މަހުއެވެ.
ގޭމްގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައިގައި ހުންނެވި މޫސާ ނާސިހު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އަދި ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކެއް ކުރެވި، ގޭމްގެ އެސްޖީގެ މަގާމުގައި ހުންނެވި ސައުދުﷲ އަހްމަދު ވަނީ މަގާމުން ވަކިކޮށްފައެވެ.