ޕީޖީ ކަމުން ވަކިވުމަށްފަހު އެއް އަހަރުވަންދެން ވަކީލުކަން ނުކުރެވޭ އިސްލާހު ތަސްދީގުކުރައްވައިފި

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމުން ވަކިވުމަށްފަހު، އެއް އަހަރު ވަންދެން ވަކީލުކަން ނުކުރެވޭ އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފި އެވެ.

ރައީސް މިއަދު ތަސްދީގު ކުރެއްވީ ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނަށް ތިން ވަނަ އިސްލާހު ގެނައުމުގެ ބިލެވެ. އެ ބިލަކީ، މިދިޔަ މަހު އޮގަސްޓު 31 ވަނަ ދުވަހު މަޖިލީހުނެ ފާސް ކުރި ބިލެކެވެ.

އެ ގާނުނުގައި ބުުނެފައިވާގޮތުން، ޕީޖީ ކަމުން ވަކިވުމަށްފަހު ފުރަތަމަ އެއްހަރުގެ މުއްދަތުގައި ޕީޖީގެ ހައިސިއްޔަތުން އެ މީހަކު އަދާކުރި މަސްލަހަތާ ފުށުއަރާ ވަޒީފާއެއް ނުވަތަ މަސައްކަތެއް، އެ މަގާމުން ވަކިވާ މީހަކު ކޮށްގެން ނުވާނެ އެވެ.

މީގެ ކުރިން ޕީޖީކަމުން ވަކިވުމާއެކު މައްސަލަތަކުގައި ދައުލަތާ ދެކޮޅަށް ވަކާލާތު ކުރުމަށް ހުރަހެއް ނޯވެއެވެ. ނަމަވެސް މިއަދު ރައީސް ތަސްދީގު ކުރެއްވި އިސްލާހާއެކު ދެން އެ ފުރުސަތެއް ނޯންނާނެއެވެ.

ގާނޫނު ފަރުމާކޮށްފައިވަނީ، ޕީޖީގެ މަޤާމަށް އައްޔަންކުރެވޭ ފަރާތްތަކަށް، ގާނޫނުއަސާސީންނާއި ގާނޫނުން މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި މިނިވަންކަމާއިއެކު މަސައްކަތްކުރުމަށް މިހާރަށްވުރެ ބޮޑަށް މަގުފަހިވެގެންދާނެ ގޮތަށެވެ.

އެގޮތުން އެ ބިލުގައި، ޕީޖީގެ ޒިންމާ އަދާކުރުމުގައި ހިފަހައްޓަންޖެހޭ ހަމަތަކާއި، އިތުރު ވަޒީފާއެއް އަދި މަގާމެއް ފުރުއްވައިގެން ނުވާނެ ކަމަށް ހިމަނާފައިވެއެވެ. ޕީޖީއަށް އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ނުކުރުވޭނެ ކަމަށެސްވެސް ބިލުގައި ބުނެއެވެ. އަދި ދައުލަތުގެ މުދަލާއި ބިން ގަނެ ނުވަތަ ކުއްޔަށް ހިފައިގެންނުވާނެ ކަމަށާއި ދައުލަތާއި އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވޭ މުއާމަލާތެއްގައި ސީދާގޮތުންވިޔަސް ނުވަތަ ނުސީދާގޮތުންވިޔަސް ޕީޖީގެ މާލީ އެއްވެސް މަސްލަހަތެއް ބާއްވައިގެންނުވާނެ ކަމަށް ބިލުގައި ބުނެއެވެ.

ޕީޖީއަށް، އޭނާއަށް އެއްވެސް ފައިދާއެއް ނުވަތަ މަންފާއެއް ލިބޭގޮތުން، ނުވަތަ އެހެން ފަރާތަކަށް ފައިދާއެއް ނުވަތަ މަންފާއެއް ހޯދައިދިނުމުގެ ގޮތުން، ނުވަތަ ހިލޭ ސާބަހަށް ކަމުގައިވިޔަސް އަމިއްލަ ފަރާތްތަކަށް ގާނޫނީ ހިދުމަތްދީގެން ނުވާނެ ކަމަށްވެސް އަލަށް ގެނައި އިސްލާހުތަކުގައި ބުނެއެވެ.

އޭގެ އިތުރުން، މާލީ ހިސާބު ހުށަހެޅުމާއި ސުލޫކީ ހަމަތަކާއި މުވައްޒަފުން ހިލާފުވުމުން އަމަލުކުރާނެ ގޮތުގެ ތަފްސީލު ވެސް އެ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

އެގޮތުން، މުދަލާއި އޭނާ އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މާލީ ހިސާބު، އެ މަގާމާ އޭނާ ހަވާލުވާތާ ތިން މަސްދުވަހުގެ ތެރޭގައި، އޮޑިޓާ ޖެނެރަލަށް ހުށަހަޅަންވާނެ ކަމަށް ބުނެފައިވެއެވެ. މާލީ ހިސާބު ހުށަހެޅުމުގެ އިތުރަށް، މަގާމާ ހަވާލުވާ ތާރީހުން ފެށިގެން ކޮންމެ އަހަރެއްގެ މާލީ ހިސާބު އެ އަހަރެއް ނިމޭތާ 90 ދުވަހުގެ ތެރޭގައި އޮޑިޓާ ޖެނެރަލަށް ހުށަހަޅަމުން ގެންދަންވާނެ ކަމަށް ބުނެފައިވެއެވެ.

މިހާރު ރައީސް ސޯލިހް އިސްލާހުތައް ތަސްދީގުކޮށް، ގެޒެޓްގައި ޝާއިއުކޮށްފައިވާއިރު، އިސްލާހުތަކަށް އަމަލު ކުރަން ފަށާނީ މިއަދުން ފެށިގެންނެވެ.

ލް (ޕީޖީ)ގެ މަގާމުން ވަކިވުމަށްފަހު، އެއް އަހަރު ވަންދެން ވަކީލުކަން ނުކުރެވޭ އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފި އެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ