ކޮވިޑް-19: އިތުރު 99 މީހަކު ފައްސިވެއްޖެ

މިރޭ އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 99 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ރާއްޖެ އިން ފައްސިވި މީހުންގެ ތެރެއިން 92 މީހަކު ފައްސިވީ މާލެ އިންނެވެ. ހަތް މީހަކު މިއަދު ވަނީ މާލެ ފިޔަވައި އެހެން ރަށްރަށުން ކޮވިޑް-19 އަށް ފައްސިވެފައެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 65 މީހުންނަކީ ދިވެހިންނެވެ.

މިއަދު 174 މީހަކު ވަނީ ކޮވިޑް-19 އިން ރަނގަޅު ވެފައެވެ.

މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންނާއި އެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 9427 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 7903 އަށް އަރާފައެވެ. ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 26 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް ރާޢްޖެއިން 33 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

ކޮވިޑް-19 އެކްޓިވް ކޭސްތަކުގެ ޢަދަދު 1485 އަށް މަދުވެފައި ވާއިރު 727 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 115 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1640 ސުންކު (ސާމްޕަލް) ވަނީ ނަގާފައެވެ. އަދި ތަކުރާރުކޮށް ނެގި ސުންކު ހިމެނޭހެން މިހާތަނަށް ޓެސްޓްކުރުމަށް 134،520 ސުންކު ވަނީ ނަގާފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ