ޕާޓީތައް ސަސްޕެންޑު ކުރަން އުޅެނީ އިދިކޮޅުގެ އަތް ބަންނަން: ޕީޕީއެމް-ޕީއެންސީ

ސިޔާސީ ޕާޓީތައް ސަސްޕެންޑް ކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެންނަ މަސައްކަތް ކުރަނީ އިދިކޮޅުގެ އަތް ބަންނަން ވެގެން ކަމަށް ޕީޕިއެމް-ޕިއެންސީ ކޯލިޝަނުން ބުނެފި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހުގެ ގެނައުމުގެ ބިލު ޑްރާފްޓް ކުރުމުގެ މަސައްކަތް ބަންޑާރަނައިބުގެ އޮފީހުން އަންނަނި ކުރަމުންނެވެ. އިލެކްޝަންސް ކޮމިޝަނުން އަންނަނީ އެ ކޮމިޝަންގެ ފަރާތުން ގާނުނަށް ގެންނަން ބޭނުންވާ އިސްލަހުތައް ހިމެނޭ ޑްރާފްޓެއް ބަންޑާރަ ނައިބުގެ އޮފީހަށް ހުށަހަޅުމުގެ މަސައްކަތް ކުރަމުންނެވެ.

އެގޮތުން ޕާޓީތައް ގާނޫނުތަކާ ހިލާފުވެއްޖެނަމަ، ވަކި މުއްދަތަކަށް ސަސްޕެންޑް ކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް އެ ޑްރާފްޓްގައި ވަނީ ހިމަނާފައެވެ.

އެ ޑްރާފްޓާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އިދިކޮޅު މައި ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާ މެމްބަރު އަހްމަދު ޝިޔާމް “ސަން”އަށް ވިދާޅުވީ، އެ އިސްލާހަކީ ޕާޓީތައް ޒިންމާދާރު ކުރުމުގެ ނިޔަތުގައި ގެންނަ އުޅޭ އިސްލާހެއް ނޫން ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ހިނގަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭނުންވާ ގޮތަށް ކަމަށާއި އެ އިސްލާހަކީވެސް އެމަނިކުފާނު ބޭނުންވެގެން ގެންނަ އުޅޭ އިސްލާހެއް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

“ވެރިކަން ވެއްޓި ދާނެތީ، ވެރިކަން ނިމިދާނެތީ އެކަމުގެ ބިރުން [ރައީސް] އިބްރާހިމް މުހައްމަދު ސޯލިހް ބުނެގެން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަ އުޅޭ އިސްލާހެއް ތި އިސްލާހަކީ [ޕަޓީތައް ސަސްޕެންޑްކުރެވޭ ގޮތަށް ހެންދުން]. ސަސްޕެންޑް ކުރީމަ އެމީހުންނާ ވާދަ ކުރާ ޕާޓީއެއް ނޯންނާނެއެއެއްނު،” ޝީޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، މި ސަރުކާރުން ބޭނުން ވަނީ އިދިކޮޅު ވާދަވެރި ޕާޓީތައް ހުއްޓުވުމަށް ކަމަށެވެ.

“އަޅުގަނޑުމެން މި ދަންނަވަނީ ތިއީ ސީދާ އަޅުގަނޑުމެންގެ އަތް ބަންނަންވެގެން ކުރަން އުޅޭ ކަމެއް. އިދިކޮޅު ވާދަވެރި ސިޔާސީ ޕާޓީތަކުގެ އަތް ބަންނަން ވެގެން ކުރަން އުޅޭ ކަމެއް،” ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން އިންޑިއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްގެން އެކުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ޑްރާފްޓް އެކުލާވާލީވެސް އިންޑިއާއިން ބޭނުންވާ ގޮތައް ކަމަށް ޝިޔާމް ތުހުމަތު ކުރެއްވިއެވެ.

“މީޑިއާތަކަށް އެނގެން ޖެހޭ އެއީ ކޮންކޮން އެއްބަސްވުންތަކެއް ކަން. ތިއީ ސީދާ އިންޑިއާއިން އޮޕަރޭޓް ކުރާ، އިންޑިއާއާއެކު ކުރެވޭ މަސައްކަތެއް [ގާނުނަށް އިސްލާހު ގެނައުންް] މި ސަރުކާރު ދިފާއު ކުރުމަށް،” ޝިޔާމް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ސިޔާސީ ޕާޓީތައް ރެގިއުލޭޓް ކުރާ ފަރާތުގެ ހައިސިއްޔަތުން ކޮމިޝަނަށް ފާހަގަ ކުރެވޭ ކަންކަން ހިމަނައިގެން ޑްރާފްޓް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ގާނޫނަށް ގެންނަ 75 ޕަސަންޓް ބަދަލާއެކު މި މަހު އެ ޑްރާފް ބަންޑާރަނައިބު އޮފީހަށް ހުށަހަޅާނެ ކަމަށް އެ ކޮމިޝަނުގެ ނައިބު ރައީސް އަހްމަދު ކްރަމް ވިދާޅުވި އެވެ.

ޑްރާފްޓް އެކުލަވާލުމުގެ މަސައްކަތް ފެށީވެސް ސިޔާސީ ޕާޓީތަކުގެ މަޝްވަރާއާއެކު ކަމަށާއި އެ ޑްރާފްޓްގައި ފައިނަލްކޮށް ބަންޑާރަނައިބު އޮފީހަށް ހުށަހަޅާނީވެސް އެ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ