ޔާމިނަށް ތާއީދު ކުރާ 96،000 މީހުންނަކީ މޮޔައިން ކަމަކަށް ނެހެދޭނެ – އަލީ ނިޒާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ތާއީދު ކުރާ 96،000 މީހުން ރާއްޖޭގައި އެބަތިބި ކަމަށާއި، އެއީ މޮޔައިން ކަމަށް ނެހެދޭނެ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަދި ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން އައްޑޫ ސިޓީ މޭޔަރުކަމަށް ކުރިމަތިލައްވާފައިވާ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިގޮތަށް ވިދާޅުވެފައިވަނީ ލައިވް ޓީވީ ޝޯއެއްގައި ރައީސް ޔާމީނާ ގުޅޭގޮތުން އޭނާ ދެއްކެވި ވާހަތަކުން ތަންކޮޅެއް ނަގައިގެން މީީޑާއަކުން ގެނެސްދީފައިވާ ޚަބަރަކާއި ގުޅިގެންނެވެ.

މިކަމާއި ގުޅިގެން ނިޒާރު ވިދާޅުވީ، އެފަދަ ޝޯއެއްގައި ދައްކާ ވާހަކައިގެ ކުޑަ ތަންކޮޅެއް ނަގައިގެން، ވާހަކަ އޮޅޭ ގޮތަށް ހަބަރު ގެނެސް ދިނުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށެވެ.

“ލައިވް ޝޯއެއްގައިދެވޭ ޖަވާބަކުން ތަން ކޮޅެއް ނަގައި ހެޑްލައިން ހެދުމަކީ ޒިންމާދާރު ގޮތެއްނޫން. ޔާމިންއަށް އަޅުގަނޑު ތާއީދު ނުކުރިޔަސް ޔާމީން އަށް ތާއީދުކުރާ 96،000 ރައްޔިތުން މި ރާއްޖޭގައި އެބަތިބި. އަދި އެ ރައްޔިތުން މޮޔައިން ކަމަށް ނެހެދޭނެ.” އަލީ ނިޒާރު ވިދާޅުވިއެވެ.

ރާއްޖެ ޓިވީއެގެ އެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނިޒާރު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ކަންކަން ހިނގައިދިޔަ ގޮތް ކިޔައިދީފައެވެ. އެގޮތުން އެތައްބަޔަކު ޖަލަށްލައި، ކުރި އަނިޔާތަކާއި، އިންސާފުން ބޭރުން ކުރަމުންދިޔަ އެތައް ކަމެއްގެ ވާހަކަ އޭނާ ވަނީ ދައްކާފައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ