ވަކީލުން ޖަލަށް ޒިޔާރާތްކޮށް ގައިދީންނާ ބައްދަލުކުރެވޭ ގޮތް ހަދައިފި

މާދަމާ އިން ފެށިގެން ގާނޫނީ ވަކީލުންނަށް ޖަލަށް ޒިޔާރާތްކޮށް ގައިދީންނާ ބައްދަލުކުރެވޭނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

ކޮވިޑް 19 އާ ގުޅިގެން ވަކީލުން ޖަލަށް ޒިޔާރަތްކޮށް މުއައްކިލުންނާ ބައްދަލުކުރުމުގެ ފުރުސަތެއް ނުވެ އެވެ.

ކަރެކްޝަންސްއިން މިއަދު ބުނީ އެކަމަށް ނިމުމެއް ގެނެސް މާދަމާއިން ފެށިގެން އަލުން ވަކީލުންނަށް ޖަލަށް ޒިޔާރާތްކޮށް ބައްދަލުކުރެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައި ވާ ކަމަށެވެ.

ކަރެކްޝަންސް އިން ބުނީ މާފުށި ޖަލާއި އައްސޭރި ޖަލަށް ޒިޔާރާތްކުރާ ފަރާތްތަކުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނަގަން ޖެހޭ ހުއްދަ ނަގަން ޖެހޭނީ އަމިއްލަ އަށް ކަމަށެވެ. އަދި ޖަލަށް ޒިޔާރާތްކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް ބޭނުންކުރުމަށް ވިސްނުމަށް ކަރެކްޝަންސް އިން ވަނީ އިލްތިމާސްކޮށްފައެވެ.

ފޯނުކޯލާއި ވީޑިއޯ މެދުވެރިކޮށް ޖަލުގައި ތިބި މީހުންނާ ބައްދަލުކުރުމުގެ ކަންތައްތައްވެސް ކުރިއަށް ގެންދާނެ ކަމަށް ކަރެކްޝަންސް އިން ބުނެފައިވެއެވެ. އަދި ޖަލުން އެއްވެސް ޕޮޒިޓިވް ކޭސް އެއް ފެނިއްޖެނަމަ ޖަލަށް ޒިޔާރާތްކޮށް ބައްދަލުކުރުމުގެ އިންތިޒާމު އަނެއްކާވެސް މެދުކަނޑާލާނެ ކަމަށް އެ ސާވިސް އިން ބުނެފައިވެއެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ