ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ އެޑްވައިޒަރގެ މަޤާމަށް ޑރ. ޝަހީމް ހަމަޖައްސައިފި

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އެޑްވައިޒަރެއްގެ ގޮތުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެނބުރި ސިޔާސީ މަސައްކަތަށް ނިކުމެވަޑައިގެންފި އެވެ.

ދެހާސް އަށާރަ ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓު އަދި އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ރަނިންގް މޭޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޑރ. ޝަހީމް ވަނީ އެ އިންތިހާބަށް ފަހު، އޯގަނައިޒޭޝަން ފޯރ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ އެޑްވައިޒަރުގެ މަގާމާއި ހަވާލުވެވަޑައިގަތް ރާއްޖެ އިން ބޭރަށް ދިރިއުޅުން ބަދަލުކުރައްވާފަ އެވެ.

ނަމަވެސް ދެ އަހަރަށް ފަހު ޑރ. ޝަހީމް އެނބުރި ރާއްޖެ ވަޑައިގަތް އަނެއްކާ ވެސް ސިޔާއީ މައިދާނަތް މިއަދު ވަނީ ނިކުމެވަޑައިގެންފަ އެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ދެޕާޓީގެ އެޑްވައިޒަރުގެ މަގާމަށް ޝަހީމް ވަނީ އައްޔަނު ކުރައްވާފަ އެވެ.

އެ މަގާމަށް ޑރ. ޝަހީމް އައްޔަނު ކުރެއްވިކަން އިއުލާން ކުރެއްވުމަށްފަހު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އެޑްވައިޒަރަކަށް އަބްދުއްރަހީމް އައްޔަނު ކޮށްފައިވަނީ ދެ ޕާޓީގެ ލީޑާރޝިޕުން ނިންމައި ކައުންސިލުގެ ތާއީދާއި އެކު ކަމަށެވެ.

“މިއަދަކީ އަނެއްކާ ވެސް އަޅުގަނޑުމެންގެ މަސައްކަތަށް އިތުރު ކުރިއެރުމަށް ލިބިގެން ދިޔަ ދުވަހެއް. އިނގިވަޑައިގަންނަވާނެ ގައުމު މިއަދު މިއޮތް ހާލަތުގައި ޑރ. ޝަހީމް ފަދަ ބޭފުޅަކު އަޅުގަނޑުމެންގެ އިސް ސަފުގައި މަސައްކަތް ކުރެއްވުމަށް ނިކުމެވަޑައިގެންނެވުމަކީ އަޅުގަނޑުމެންގެ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް،” އަބްދުއްރަހީމް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ކުރީގެ ޗާންސެލަރު ކަން ވެސް ކުރެއްވި ޑރ. ޝަހީމް ވިދާޅުވީ، ރައީސް ޔާމީން އަކީ އޭނާއަށް ވަރަށް ހެޔޮ ރަނގަޅު ބޭފުޅެއް ކަމަށާއި އެހެން ކަމުން އެހެން ބަޔަކާއި އެކު ސިޔާސީ މަސައްކަތް ކުރުމަށް ޒަމީރު ނޭދޭ ކަމަށެވެ.

“އަޅުގަނޑު ތިބޭފުޅުންނާ މި ގުޅުނީ އެއްވެސް ހާލެއްގައި ވަކި މަގާމަކަށް. އަބްދުއްރަހީމް އަޅުގަނޑަށް އެޑްވައިޒަރުކަން ހުށަހެޅުއްވީ. އަޅުގަނޑު އެޑްވައިޒަރުކަން ބޭނުންވެގެން އަބްދުއްރަހީމަށް ދަންނަވައިގެން ނޫން،” ޑރ. ޝަހީމް

އޭނާ ބޭނުންވަނީ ޕީޕީއެމް/ޕީއެންސީގެ މެންބަރުންނާއި އެކު ދެމިހުންނަންކަން ފާހަގަކޮށް ޑރ. ޝަހީމް ވިދާޅުވީ، ރާއްޖެ އިން ބޭރުގައި ދިރިއުޅުއްވިއިރު ވެސް ރައީސް ޔާމީންގެ ދިފާއުގައި ސޯޝަލް މީޑިއާގައި އަޑު އުފުއްލަވާފައިވާނެ ކަމަށެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ