މަސްތުވާތަކެއްޗާއެކު ހިރިމަރަދޫ ފެނަކަ ސުުޕަވައިޒަރު ހައްޔަރުކޮށްފި

ހދ. ފެނަކަ ސުުޕަވައިޒަރު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި އެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ، ކުޅުދުއްފުށި ބަނދަރު ސަރަހައްދުން އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.

ފުލުހުން ވިދާޅުވީ، ފުލުހުންގެ އިންޓަލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އިންޓެލިޖެންސް އާއި ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވިގޮތުގައި، އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 26 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައި ވަނީ އިއްޔެ 16:35 ހާއިރު ކަަމަށެވެ.

ހިރިމަރަދޫ ކައުންސިލްގެ މެމްބަރު ހުސައިން ފިރާގު “ވަގުތު” އަށް ވިދާޅުވީ، އިއްޔެ ހަވީރު 15:15 ގައި އެރަށުން ކުޅުދުއްފުއްޓަށް ދިޔަ ލޯންޗެއްގައި ފެނަކަ ބްރާންޗުގެ ސުޕަވައިޒަރު އެރަށަށް ގޮސްފައިވާ ކަމަށާއި އަދި ހައްޔަރު ކޮށްފައިވަނީ ކުޅުދުއްފުށިން ކަމަށެވެ.

ފިރާގު ވިދާޅުވީ، ސީދާ މަސްތުވާތަކެތި އަތުން ފެނިގެން ކަމެއް ސާފު ކޮށްދޭން ނޭނގޭ ކަމަށާއި އެހެން ނަމަވެސް ކުރީގެ ތަޖުރިބާއަށް ބަލާއިރު، ބޮޑަށް ބެލެވެނީ އޭނާ ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެތި އަތުން ފެނިގެން ކަމަށެވެ.

“ކުރިންވެސް ހައްޔަރު ކުރި ކުއްޖާ ހައްޔަރު ކުރީ މަސްތުވާތަކެތި އަތުން ފެނިގެން ކަމަށް އެފަރާތްތަކުން ބުނީ. މިފަހަރުވެސް އެގޮތަށް ހިފަހައްޓާފައިވާތީ އަޅުގަނޑުމެން ގަބޫލު ކުރަނީ މަސްތުވާތަކެތި ފެނިގެން ކަމަށް” ފިރާގު ބުންޏެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ