ޑރ. ޝަހީމާއެކު ގިނަ އިލްމުވެރިން އިދިކޮޅާއި ގުޅޭނެ – އާދަމް ޝަރީފް

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއެކު މަސައްކަތް ފެއްޓެވުމުން އިތުރު ގިނަ އިލްމުވެރިންތަކެއް އިދިކޮޅު ކޯލިޝަނާއި ގުޅިވަޑައިގަންނަވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މަޑުއްވަރީ ދާއިރާ ތަމްސީލް ކުރައްވާ މެންބަރު އާދަމް ޝަރީފް މިހެން ވިދާޅުވީ، ޑރ، ޝަހީމަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ އެޑްވައިޒަރެއްގެ މަގާމު ދިނުމާއި ގުޅިގެން މިއަދު ކުރި ޓްވީޓެއްގައެވެ.

މިދިޔަ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރަނިންމޭޓް ޑރ. ޝަހީމް އިދިކޮޅާއި ގުޅިވަޑައިގަތުމުން، މިއަދު އާދަމް ޝަރީފް ކުރެއްވި އެ ޓްވީޓުގައި ވިދާޅުވީ، ރާއްޖޭގެ އިސްލާމީ ވަހުދަތު ރައްކާތެރި ކުރުމަށް އިދިކޮޅު ކޯލިޝަނުން ކުރަމުންސާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ހަރުކަި ފިކުރާއި ލާދީނީ ފިކުރާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްވެސް ވަރުގަދަ ކުރާނެ ކަމަށެވެ.

އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރުންގެ ގޮތުގައި މިހާރު ތިއްބެވީ ޝަހީމްގެ އިތުރުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލެވެ.

ރިޔާސީ އިންތިހާބުން ލިބުނު ނާކާމިޔާބީއާ އެކު، ޝަހީމް ވަނީ ސައުދީ އަރަބިއްޔާގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައެވެ. ޑރ. ޝަހީމް ޖިއްދާގައި ހުންނަވާ ހުންނަ އޯގައިނައިޒޭޝަން އޮފް ދި އިސްލާމިކް ކޯޕަރޭޭޝަން (އޯއައިސީ) ގެ ސެކްރެޓަރީ ޖެނެރަލްގެ މުޝީރުގެ މަގާމު ފުރުއްވުމަށެވެ.

މަގާމުގެެ ދައުރު ފުރިހަމަ ކުރެއްވުމަށް ފަހު، އޭނާ ރާއްޖެ ވަޑައިގެންނެވީ މިދިޔަ މަހު ފަހުކޮޅުގައެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ