މާލެ ސަރަހައްދުގެ ސްކޫލުތައް އަންނަ މަހު ހުޅުވަނީ

އަންނަ މަހު ހަތަރު ވަނަ ދުވަހު މާލެ ސިޓީގެ ސްކޫލްތަކުގައި ގްރޭޑް ނުވައެއް އަދި 10ގެ ކިޔެވުން ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ، އެ ނިންމުން ނިންމާފައިވަނީ އެޗްޕީގެ ލަފާގެ މަތިން ކަމަށެވެ.

އެގޮތުން އަންނަ މަހުގެ ހަތަރަކުން ފެށިގެން މާލޭސިޓީގެ ސްކޫލްތަކުގައި ކީ ސްޓޭޖް 4 އަކާއި 5 އެއްގެ، ގްރޭޑް 9-12ގެ ދަރިވަރުންގެ ކިޔެވުން ފެށުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިހާރުވެސް ގްރޭޑް 11 އަދި 12ގެ ދަރިވަރުންގެ ކިޔުންތައް ކުރިއަށް އެބަދެ އެވެ.

ކޮވިޑް ފެތުރޭތީ އޮންލައިންކޮށް ކިޔެވުން ކުރިއަށްގެން ދާތާ މިހާރު ވަނީ މަހެއްހާ ދުވަސް ވެފަ އެވެ.

މިދިޔަ ޖުލައި މަހު މާލޭގައި ގްރޭޑް ނުވަޔަކުން މަތީގެ ދަރިވަރުން ސްކޫލްތަކަށް ގޮސް ކިޔަވަމުން ދިޔަ އެވެ. އޭރު ކްލާސްތަކުގައި ކިޔަވައިދެމުން ގެންދިޔައީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރަށް ބޮޑަށް އަޅައިގެންނެވެ. އެގޮތުން މާސްކު އެޅުމާއި އަތް ދޮވުމާއި އަދި ގަވައިދުން ކްލާސްތައް ދިޔައީ ޑިސްއިންފެކްޓްވެސް ކުރަމުންނެވެ.

ނަމަވެސް ކޮވިޑްގެ ހާލަތު ގޯސްވުމުން އަނެއްކާވެސް އޮންލައިންކޮށް ކްލާސްތައް މިފަހުން ވަނީ ކުރިއަށް ގެންދަން ފަށައިފަ އެވެ. ހާލަތު ގޯސްވުމާ ގުޅިގެން ކްލާސްތަކަށް ކިޔަވަން ދާ ދަރިވަރުންގެ އަދަދުވެސް ވަރަށް ބޮޑަށް ދަށްވި އެވެ.

ކޮވިޑާ ގުޅިގެން އެންމެ ފުރަތަމަ ސްކޫލްތައް ބަންދުކުރީ މިދިޔަ މާޗް މަހު އެވެ. އޭގެ ފަހުން ޓެލެކިލާސް އަދި އޮންލައިން ކްލާސްތައް ދިޔައީ ކުރިއަށް ގެންދަމުންނެވެ.

ހިއްސާ ކުރައްވާާ!

Share on email
Share on google
Share on linkedin
Share on pinterest
Share on twitter
Share on facebook

ހިޔާލު ފާޅުކުރައްވާ